twitterviber whatsapp telegramfacebookyoutube instagram
20th August 2019

ބޮޑެތި ބަދަލުތަކަކާއެކު "ވަނި" އިމާރާތް ހުޅުވައިފި

އިބްރާހިމް ހަމީދު
Aug 8, 2019
4

ކުޅުދުއްފުށީ ކައުންސިލް އިމާރާތެއްކަމަށްވާ "ވަނި" އިމާރާތް ކުއްޔަށް ނެގިފަރާތުން ބޮޑެތި މަރާމާތަކެއް ކުރުމަށްފަހު އޮރެންޖު ޑެކްގެ ނަމުގައި ހިދުމަތަށް މިއަދު ހުޅުވައިފި އެވެ.

ކޭއޯއަށް ވާހަކަ ދައްކަވަމުން ވަނި އިމާރާތް ކުއްޔަށް ހިފާފައިވާ އަހުމަދު މުހައްމަދު ބުނީ އިމާރާތުގެ އެތެރެއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރެސްޓޯރެންޓް ހިދުމަތާއި ގެސްޓުހައުސްގެ ހިދުމަތް އެތަނުން ލިބިގެންދާނެކަމަށެވެ.

"އިމާރާތުގެ މަތީބައިގައި ކެއީން ބުއީމުގެ ކެފޭގެ ހިދުމަތް ލިބޭނޭ. ތިރީބައި ހާއްސަ ކުރެވިފައިވާނީ ގެސްޓްހައުސްގެ ގޮތުގައި ރޫމް ކުއްޔަށް ދިނުމަށް. ސައުވީސް ގަޑިއިރު ހިދުމަތް ލިބިގެންދާނެ." އަހްމަދު ބުންޏެވެ.

އިތުރަށް އަހްމަދު ބުނީ ރައްޔިތުންނަށް ރަގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގަޔާއި ހާއްސަކޮށް ކުޅުދުއްފުށީ ހޮސްޕިޓަލުން ހިދުމަތް ހޯދައި ފަރާތްތަކަށް ލުއި ފަސޭހަވެގެންދާނެ ކަމަށެވެ.

އަހުމަދު ބުނީ ކެފޭ ހިދުމަތް ދޭ ބައިގައި ވީއައިޕީ ބަޔަކާ އެކު ޖުމްލަ ތިންބައިން އެހިދުމަތް ފޯރުކޮށްދެމުންދާނެކަމަށާއި ގެސްޓްހައުސް ބައިގައި އަށް ކޮޓަރި ހުންނައިރު ހަތަރު ކޮޓަރި އޭސީ އަނެއް ހަތަރު ކޮޓަރި އޭސީ އާއި ނުލާ ލިބެން ހުންނާނެކަމަށެވެ.

އަހުމަދު ބުނީ މިބޮޑު ބަދަލާ އެކު އިމާރާތް ހިދުމަތަށް ހުޅުވާލުމަށްޓަކައި ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަ ކޮށް އެފަރާތަށް ޝުކުރު އަދާކުރާކަމަށެވެ.

ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ "ވަނި" އިމާރާތް ކުއްޔަށްދޭ އިރު އެއިމާރާތް ކުރިން ހުރި ސްޓޭންޑަޑަށް ގެނަން ކައުންސިލުން ކުރަންޖެހޭ ހަރަދުތަކެއް ހުންނަކަމަށާއި އެއިމާރާތައް ކޮންމެވެސް ވަރެއްގެ ހަރަދެއް ކައުންސިލުން ކުރެވިފައިވާނެކަމަށެވެ.

"އެގޮތުން އެންމެ ބޮޑު ހަރަދެއް ދިޔައީ ކުލަލުމަށް ކަމަށާއި އެއީ ކުރިން އެތަން ބޭނުން ކުރިފަރާތުން ކުލަ ނުލައި ހުރުމުގެ ސަބަބުން." ރައީސް ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ އެތަނުގެ ކޮޓަރިތަކަށް ފާހާނާ ލުމަށާއި އޭސީ ހަރުކުރުމާއި މަތީބައިގެ ކެފޭގެ ހިދުމަތް ދޭ ބައިތަކަށް ވެސް ބަދަލުތައް ގެނެސް ހަރަދުތައް ކޮށްފައިވާނީ އެކުއްޔަށް ހިފި ފަރާތުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355