twitterviber whatsapp telegramfacebookyoutube instagram
13th December 2019

އެއާޕޯޓް ހިދުމަތަށް ހުޅުވާލުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި: ޔާސިރު

އިބްރާހިމް ހަމީދު
Aug 10, 2019
10

ކުޅުދުއްފުށީ އެއާޕޯޓް ހިދުމަތަށް ހުޅުވާލުމަށްޓަކައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވިކަމަށް ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަސްމީދަތުރުތަކަށް ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާ ވާހަކަދައްކަވަމުން މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަކީ ކުޅުދުއްފުށީގެ އިތުރުން މިސަރަހައްދުގެ ރައްޔިތުންނަށް އުއްމީދާއި ގުޅިފައިވާ އެއާޕޯޓެއްކަމަށެވެ.

"އެއާޕޯޓްގައި ރަންވޭ ސްރިޕެއް އެޅި ރަސްމީކޮށް ހުޅުވިފައި އޮތީ މިސަރުކާރުވެރިކަމާއި ހަވާލުވުމަށް ފަހު އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި އެއާޕޯޓްގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށް."މެމްބަރު ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ އެއާޕޯޓް ޓާމިނަލް އެތެރަށްވެސް ވަރަށް ގިނަ ވޭރިއޭޝަންތަކެއް ގެންނަން ޖެހުނުކަމަށާއި އެންމެ ފުރިހަމަގޮތެއްގައި މިކަމެއް ނުވިކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ބޭނުންވީ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް މިހިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުން ކަމަށެވެ.

"ބޮޑެތި ގޮންޖެހުންތަކެއް ދިމާވި އެއާޕޯޓްގެ ހިދުމަތް ފެށުމަށްވެސް. އެގޮތުން ޓާމިނަލްގެ އެތެރޭގެ ވޭރިއޭޝަނަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން އަޅުގަނޑުމެންނަށް ޖެހުނު. އަދި ބަޖެޓް އިޝޫވެސް އެބަދިމާވޭ." ޔާސިރު ވިދާޅުވި އެވެ.

އެހެންނަމަވެސް އެހުރިހާ ގޮންޖެހުންތަކެއް ހުރަސްކޮށް މިސަރުކާރުގައި ތިއްބެވި ބޭފުޅުން ކުޅުދުއްފުށީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވާ ކަމަށް ޔާސިރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355