twitterviber whatsapp telegramfacebookyoutube instagram
7th December 2019

އެއާޕޯޓްގެ ހިދުމަތާއެކު ކާނިވަލް ގެސްޓް ހައުސަށް ޓޫރިސްޓް ގެންނަށް ފަށައިފި

އިބްރާހިމް ހަމީދު
Aug 10, 2019
5

އެއާޕޯޓްގެ ހިދުމަތާއެކު ކުޅުދުއްފުށީ، ކާނިވަލް ގެސްޓް ހައުސްއިން ޓޫރިސްޓް ގެންނަށް ފަށައިފި އެވެ.

އެއާޕޯޓްގައި މިއަދު ހެނދުނު ޖެއްސި ފުލައިޓުން ކާނިވަލް ގެސްޓްހައުސަށް ގެނެސްފައިވަނީ ޔޫކޭގެ ފަތުރުވެރިޔަކު އެވެ. ކުޅުދުއްފުށި ކާނިވަލް ގެސްޓް ހައުސްގެ ވެރިޔާ ކާސިމް އަލީ ވިދާޅުވީ ކުޅުދުއްފުށީ ގޭޓްވޭ އިއްޔެ ހުޅުވިގެން ދިއުމަކީ ކުޅުދުއްފުށީގެ ގެސްޓް ހައުސްގެ ވިޔަފާރިއަށާއި ފަތުރުވެރިކަމަށް ލިބިގެން ވަރަށް ބޮޑު އުއްމީދެއްކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަކީ ކުޅުދުއްފުއްޓާއި މިސަރަހައްދުގެ ރައްޔިތުން ފަތުރުވެރިކަން ތަރައްޤީކުރުމަށް އެޅިގެން ދިޔަ ބިންގަލެއްކަމަށް ކާނިވަލް ގެސްޓް ހައުސްގެ ވެރިޔާ ވިދާޅުވި އެވެ.

"މިއަދު މިގެނައީ އޮންލައިން ބުކިން ހަދައިގެން ޔޫކޭގެ ފަތުރުވެރިއެއް. ވަރަށް އަވަހަށް އިތުރު ފަތުރުވެރިން އަންނާނެ. މިހާރު ސްޓޭބަލްވެފައި އެބަތިބި ކާނިވަލަށް އިތުރު ފަތުރުވެރިން. ފަތުރުވެރިންނާ ގުޅޭ ޕެކޭޖްތަކެއް ވާނީ ކަނޑައަޅަފަ." ކާނިވަލް ގެސްޓްހައުސްގެ އޯނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާނިވަލުން ކަނޑައަޅަފައިވާ ޕެކޭޖްތަކަކީ ފުލްބޯޑާއި ހާފްބޯޑް ޕެކޭޖްގެ އިތުރުން ސްނޯކްލިންނާއި ޑައިވިންގ އަދި މަސްދަތުރާއި ޕިކްނިކް އައިލެންޑްގެ ހިދުމަތްތައް ފަތުރުވެރިންނަށް ލިބިގެންދާނެކަމަށެވެ.

ކާނިވަލު ގެސްޓްހައުސްގައި މިވަގުތު ފަތުރުވެރިންނަށް އެއް ލަގްޒަރީ ބެޑްރޫމާއި ދެ ސްވީޓް ބެޑްރޫމްގެ އިތުރުން ސްވީމިންގ ޕޫލް ހުންނާނެކަމަށެވެ.

މިއަދު ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި ކާނިވަލް ގެސްޓް ހައުސަށް ޒިޔާރަތް ކުރި ޔޫކޭ ފިރިހެން ފަތުވެރިޔާއަށް ވަނީ ކަނބަލުންގެ ސަގާފީ ހަރަކާތާއެކު ގެސްޓް ހައުސްގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355