twitterviber whatsapp telegramfacebookyoutube instagram
20th August 2019

ސިޒޭރިއަން ހެދުމުގެ ތެރޭގައި ކުޑަކުއްޖާއަށް "އަނިޔާވެ" ހާލު ސީރިއަސް ވެއްޖެ، އާއިލާގެ ތުހުމަތު ޑޮކްޓަރަށް!

އިބްރާހިމް ހަމީދު
Aug 11, 2019
15

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ރޭ ފަތިހު މާބަނޑު އަންހެނަކު އޮޕަރޭޝަންކުރަން އުޅުމުގެ ތެރޭގައި ކުޑަކުއްޖާގެ ހާލު ސީރިއަސްވެ މާލެ ފޮނުވާލައިފި އެވެ. މިހާދިސާގައި މާލެ ފޮނުވާލީ ކުޑަކުއްޖާ އެވެ.

ކޭއޯއަށް މަޢުލޫމާތު ދެމުން އަންހެން މީހާގެ ފިރިމީހާ އަހުމަދު ބުނީ އަންހެނުން ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެނައި ރޭ 11 ޖެހިއިރު ކަމަށެވެ.

"ޑޮކްޓަރު ބަލާފައި ބުނީ ދެމައިންގެ ހާލުވެސް ރަގަޅުކަމަށް. އޮޕަރޭޝަން ކުރުމަށް ތައްޔާރު ކުރުމަށާއި ފަތިހު ފަހެއްޖަހާއިރު އޮޕަރޭޝަން ކުރާނެކަމަށް. އެކަމަކު އަހަރެން އެދުނިން ވިހައި ތޯ މަޑުކޮށްލަ ދިނުމަށްވެސް. ނަމަވެސް ޑޮކްޓަރުބުނީ ވިހަންދެން މަޑުކުރެވެން ނެތްކަމަށް." އަންހެން މީހާގެ ފިރިމީހާ ބުންޏެވެ.

އަންހެން މީހާއަށް ލޭ ހޯދައި ތައްޔާރުކޮށް އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ވެއްދީ ފަތިހު ހަތަރެއް ޖެހިއިރުކަމަށް ފިރިހެން މީހާ ބުންޏެވެ.

"ހައެއްޖެހިއިރުވެސް ޙަބަރެއް ނުވި ހަ ގަޑި ތިރީސްހާއިރު ބުނީ ވަރަށް ސަކަރާތޭ. ކުއްޖާ ނެގުނީ ވަރަށް އުނދަގުލުންނޭ. ނަގަން އުޅުމުގެ ތެރޭގައި ކުއްޖާއަށް އަނިޔާވެފައިވާ ކަމަށާއި ނޭވާވެސް ނުލެވޭކަމަށް.ކުއްޖާއަށް ނޭވާލަވަމުންވެސް ދަނީ ހޮޅިޖަހައިގެން." ވަރަށް އަސަރާއެކު މިނޫހާއި މަޢުލޫމާތު ހިއްސާ ކުރަމުން އަންހެން މީހާގެ ފިރިމީހާ ކިޔައިދިނެވެ.

އޭނާ ބުނީ އަންހެނުންވެސް އޮތީ ވަރަށް ހާލުދެރަކޮށްކަމަށާއި އެއްޕޮއިންޓް ލޭވެސް އަޅައިފި ކަމަށެވެ. އަދި ބަނޑުގެ ދެ އެއް ނޫނީ ތިނެއް ތަނުން ވަނީ ކަފާލާފަ." އަންހެނުންނާ ހަވާލާދީ އަހުމަދު ބުންޏެވެ.

އެހެން ދިމާވީ ކުރިން ދަރިޔަކު ނަގަން އައިޖީއެމްއެޗުން ކޮށްފައިވާ ސިޒޭރިއަންގެ ސަބަބުން ކަމަށް ޑޮކްޓަރާ ހަވާލާދީ އަހުމަދު ކިޔައިދިނެވެ. އެކަމަކު އޭނާ ބުނީ ކުރިން އައިޖީއެމްއެޗުން ހެދި ސިޒޭރިއަންގެ ސަބަބުން އެއްވެސް އުނދަގުލެއް ވެގެން އަންހެނުން ނޫޅޭ ކަމަށާއި މިފަހަރު ބަލިވެ އިނީ އޭގެ ހަ އަހަރު ފަހުން ކަމަށެވެ.

އޮޕަރޭޝަން ތިއޭޓަރުން އަންހެނުންނާއި ދަރިފުޅު ނުނެރެ، ލަސްވަމުންދާތީ ސުވާލުކުރުމުން ބުނީ ލަސްވަމުންދަނީ ކެފިތައް ފަހާތީކަމަށެވެ. އެކަމަކު އޭގެ އިރުކޮޅެއްފަހުން ހެނދުނު ނުވައެއް ޖަހަނިކޮށް ތިއޭޓަރުން ނެރުނުކަމަށާއި އަދިވެސް އަންހެނުންގެ ހާލުވެސް އެހާ ރަނގަޅުނޫން ކަމަށް އަހުމަދު ބުންޏެވެ.

އަހްމަދު ބުނީ އަންހެނުން ބަލިވެއިނީންސުރެން ދައްކަމުން މިދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކަމަށާއި ސްކޭންތައް ކުރުމަށްފަހު ދެ މައިން ރަގަޅުކަމަށް ބުނަމުންގޮސްފައިވާކަމަށެވެ.

"ވިހަންވެގެން ރަށުން އައިސް މިހާރު ކުޅުދުއްފުށީ ތިބޭތާ ފަސްދުވަސް ވެއްޖެ. އަބަދުވެސް ދައްކަމުން މިދަނީ އެއް ޑޮކްޓަރަކަށް. އަންހެނުން އޮޕަރޭޝަން ކުރީވެސް ހަމަ އެ ގައިނީ ޑޮކްޓަރު. މިކަމުގެ އޭނާގެ އިހުމާލު އެބައޮތް." އެ އަންހެންމީހާގެ ފިރިމީހާ ބުންޏެވެ.

މިކަމާގުޅިގެން ކޭއާރުއެޗު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ އަހުމަދަށް ގުޅާލުމުން ވިދާޅުވީ ތިކަމާ ބެހޭ މަޢުލޫމާތު މިރޭ އަށެއްގެ ފަހުން ހޯދާލުމަށްފަހު ދެއްވާނެކަމަށެވެ. އެހެންނަމަވެސް މިޙަބަރު ޖެހުމާ ހަމައަށް ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355