twitterviber whatsapp telegramfacebookyoutube instagram
20th August 2019

19 މިލިއަން އަހަރު ވެފައިވާ ގުރައެއްގެ ކަށިތަކެއް ފެނިއްޖެ

ޚަދީޖާ އާދަމް
Aug 14, 2019

މީގެ 19 މިލިއަން އަަހަރު ވެފައިވާ ގުރައެއް ކަމަށް ބެލެވޭ ދޫންޏެއްްގެ ކަށިތަކެއް ނިއުޒިލޭންޑުން ފެނިއްޖެ އެވެ.

ކަށިތައް ފެނިފައިވަނީ ނިއުޒިލެންޑުގެ ދެކުނުގެ އޮންނަ އޮޓަގޯ ސަރަހައްދުންނެވެ. މި ގުރައަކީ މިހާރު ފެންނަ ގުރާތަކާއި އަޅާބަލާއިރު ވަރަށް ބޮޑު ގުރައެއްކަމަށް ކަށިތައް ދިރާސާ ކުރުމުގައި އުޅޭ ޕެލެއެންތޮލަޖިސްޓުން މައުލޫމާތު ދެއެވެ.

އެގޮތުން ގުރާގެ ދިގުމިނުގައި 3 ފޫޓް 3 އިންޗި އެބަހުއްޓެވެ. އަދި މި ގުރާގެ ބަރުމިނުގައި 7 ކިލޯ ހުންނާނެ ކަމަށް ސައިންޓުސްޓުން ވަނީ ބުނެފަ އެވެ.

މި ގުރައަށް އުދުހުމުގެ ބާރު ލިބިފައިނުވާ ކަމަށާއި ނަމަވެސް މިއީ އާދަޔާހިލާފު ގުރައެއްކަމަށް ބީބީސީ އަށް މައުލޫމާތު ދެމުން ގުރާ ޕެލެއެންތޮލަޖިސްޓެއްކަމަށް ވާ ޕްރޮފެސާރ ޓްރެވޯ ވޯރތީބުނެފައި ވެއެވެ.

މި ގުރައިގެ ހަށިތައް އެންމެ ތަހުލީލު ކުރަން ފެށީ އަސްދޫނި ނުވަތަ ބާޒެއްކަމަށް ބަލައިގެން ކަމަށެވެ. މިގެ ކުރިންވެސް ނިއުޒިލެންޑުން ވަނީ ބޮޑެތި ދޫނިތަކުގެ ކަށިތައް ފެނިފައެވެ. އެގޮތުން މިހާތަނަށް ފެނުނީ 11 ފޫޓް ބޮޑު ދޫންޏެއްގެ ކަށިގަނޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355