twitterviber whatsapp telegramfacebookyoutube instagram
20th August 2019

މާބަނޑު މީހާގެ އޮޕަރޭޝަންގެ ކަންތައް ކުރިއަށް ގެންދިޔައީ އާއިލާއާ ހިއްސާކުރަމުން: ކޭއާރުއެޗު

އިބްރާހިމް ހަމީދު
Aug 12, 2019
5

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހޮނިހިރުދުވަހުގެ ރޭ ފަތިހު މާބަނޑު އަންހެނަކު އޮޕަރޭޝަންކުރަން އުޅުމުގެ ތެރޭގައި ކުޑަކުއްޖާގެ ހާލު ސީރިއަސްވި ހާދިސާގެ މަޢުލޫމާތު ގެންދިޔައީ އާއިލާއަށް ކިޔައިދެމުންކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. އަންހެން މީހާއަކީ ހދ އަތޮޅުގެ ރަށަކަށް ނިސްބަތްވާ 37 އަހަރުގެ މީހެކެވެ.

ކޭއޯއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ އަޙުމަދު ވިދާޅުވީ ހޮނިހިރުދުވަހުގެ ރޭ މާބަނޑު އަންހެންނަކު ސިޒޭރިއަން ހެދުމުގައި ދިމާވި ކަންތައްތައް ދިޔައީ ބަލިމީހާގެ ފިރިމީހާއަށް އޮޅުން ފިލުވައިދެމުން ކަމަށެވެ. އަދި އޮޕަރޭޝަންވެސް ކުރިއަށްގެންގޮސްފައިވަނީ އަންހެން މީހާގެ ފިރިމީހާއަށް ކިޔައިދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޕަރޭޝަން ބޮޑު އޮޕަރޭޝަނަކަށް ވެގެންދިޔައީ އެމީހާ ކުރިން ސިޒޭރިއަން ހަދަން ކަފާލިތަން ގޯސްވެފައި ހުރުމުން.ޑޮކްޓަރުން އޮޕަރޭޝަން ކުރިއަށްގެންދިޔައީ ޕޭޝަންޓްގެ ފިރިމީހާއަށް ކިޔައިދެމުން." ޑޮކްޓަރުންނާ ހަވާލާދީ ހަދީޖާ ވިދާޅުވި އެވެ.

އެކަމަކު އެ މީހާ ފިރިހެން މީހާ އިއްޔެ ކޭއޯގައި ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ކުރިން ސިޒޭރިއަން ހެދީ އައިޖީއެމްޗުން ކަމަށާއި މިފަހަރު ބަލިވެ އިނދެފައިމިވަނީ އޭގެ ހަ އަހަރު ފަހުން ކަމަށެވެ. އަދި ކުރިން ސިޒޭރިއަން ހެދި ތަނުގައި ރިއްސާތީ ނޫޅޭކަމަށް އޭނާ ބުންނެފައިވެ އެވެ.

ޑޮކްޓަރުންނާ ހަވާލާ ދެއްވާ ހަދީޖާ ބުނީ މާބަނޑު އެއަންހެން މީހާއަކީ އޮޕަރޭޝަން ކުރަންޖެހޭ މީހެއްކަމަށާއި އެމީހުން ކައިރީގައި އެގޮތަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. އަދި މިއަދު އެޑްމިޓް ވާން އަންނަން ބުނެފައިވާ ކަމަށާއި އޭގެ ކުރީން އެމީހާ ބަނޑުގައި ރިއްސާތީ ހޮނިހިރު ދުވަހުގެރޭ ހޮސްޕިޓަލަށް އައުމުން އެމެޖެންސީ ސިޒޭރިއަނަކަށް ދާންޖެހުނީ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ހަދީޖާ ވިދާޅުވި އެވެ.

ހަދީޖާ ވިދާޅުވީ އެވަގުތުން ވަގުތަށް ޓެސްޓްތައް ހެދުމަށް ފަހު އޮޕަރޭޝަނަށް ވެއްދިއިރު އަންހެންމީހާގެ ހާލު ރަގަޅު ކަމަށާއި ކުޑަކުއްޖާގެ ހާލު ދައްވަމުންދާ ކަމަށް މަޢުލޫމާތު ލިބުނު ކަމަށެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކާ ހަވާލާ ދެއްވާ ހަދީޖާ ވިދާޅުވީ އިއްޔެ އޮކްސިޖަނުގައި މާލެ ގެންދިޔަ ކުޑަކުއްޖާ އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި މިހާރު ކުއްޖާގެ ހާލު ރަގަޅު ވަމުން އަންނަކަމަށެވެ. އަދި ކޭއާރުއެޗުގައި ފަރުވާ ދެމުންދާ އެކުއްޖާގެ މަންމަގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ހަދީޖާ ވިދާޅުވި އެވެ.

"ފިރިމީހާ ދެތިން ތަނުން ކެފިކަމުގައި ބުނިކަމުގައިވިއަސް އެއީ ސީދާ ކެފުމެއް ނޫންކަމަށާއި އެއީ އެފަދަ ސިޓުއޭޝަންތަކުގައި ނޯމަލް ޕްރޮސިޖާއެއް. ތިން ތަނުން ކެފި މާނަ އެމީހުން އެނަގަނީ އެހެންގޮތަކަށް. ފެންނަން އިދެދާނެ ދެތިންތަނުން ކެފިގޮތަށް." ޑޮކްޓަރުންނާ ހަވާލާދީ ހަދީޖާ ވިދާޅުވި އެވެ.

ދެ ގައިނީ ޑޮކްޓަރުން ބައިވެރިވި އެ އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުންނާ ހަވާލީދީ ހަދީޖާ ވިދާޅުވީ އެއީ އެފަދަ ހާލަތްތަކުގައި އަމަލުކުރަމުންދާ ނޯމަލް ޕްރޮސީޖާގެ ތެރެއިން ކުރަންޖެހޭ އެންމެ ރަނގަޅުކޮށްފައިވާ ކަމެއްކަމަށެވެ.

ހާލު ސީރިއަސްވި ކުޑަކުއްޖާ މާލެ ފޮނުވާލުމަށް ހަނިމާދުއަށް ގެންދިއުމަށް ދެފަހަރެއްގެ މަތިން ހޮސްޕިޓަލުން ނެރެންޖެހުނުކަމަށެވެ.

"ހަވީރު ހޮސްޕިޓަލުން ނެރެގެން އެކުއްޖާ ހަނިމާދުއަށް ގެންދިއުމަށް ސީއެމްބިއުލާންސަށް އެރުވިތަނުން ފުލައިޓް ޑިލޭވުމާ ގުޅިގެން އަނެއްކާވެސް ކުއްޖާ ހޮސްޕިޓަލަށް ގެނުވުން. ހުރިހާ ކަމެއް އޯކޭ ވެގެން ދެވަނަ ފަހަރަށް ހޮސްޕިޓަލުން ނެރެގެން ގެންދެވުނީ ރޭގަނޑު ހަތެއްގެ ފަހުން ކަމަށް." ހަދީޖާ ވިދާޅުވި އެވެ.

އޮޕަރޭޝަން ތިއޭޓަރުން ނެރުނުއިރުވެސް އެކުއްޖާގެ ނޭވާލުމުގެ މައްސަލަ ހުރުމުގެ ސަބަބުން މާލެ ގެންދިއުމަށް ހަނިމާދުއަށް ގެންދިޔައީވެސް އޮކްސިޖަނުގައިކަމަށެވެ. ކުއްޖާއަށް އިތުރު އެއްވެސް އަނިޔާއެއްވެފައިވޭ ތޯ ސުވާލުކުރުމުން ހަދީޖާ ވިދާޅުވީ އަނިޔާއެއް ކުއްޖާއަށް ލިބިފައިވާ ކަމެއް އެނގޭނީ ބޮޑަށް ޑޮކްޓަރަށާއި އައިޖީއެމްއެޗް ހޮސްޕިޓަލަށްކަމަށް ހަދީޖާ ވިދާޅުވި އެވެ.

ނަމަވެސް އަންހެން މީހާގެ ފިރިމީހާ ކޭއޯއާގައި ވާހަކަދައްކަވަމުން އިއްޔެ ބުނެފައިވަނީ ސިޒޭރިއަން ހެދުމުގެ ތެރޭގައި ކުއްޖާއަށް އަނިޔާވެފައިވާ ކަމަށާއި އެކަމުގައި ޑޮކްޓަރުންގެ އިހުމާލު އެބައޮތް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355