twitterviber whatsapp telegramfacebookyoutube instagram
20th August 2019

މޫސުން ގޯސްވުމުން ސީކްއީންގެ ހޯރަފުށި ދަތުރު ކެންސަލްކޮށްފި

ޚަދީޖާ އާދަމް
Aug 13, 2019

ސްކްއީނުން އީދު ކުޅިވަރު ބެލުމަށް މިއަދު ހޯރަފުއްޓަށް ޝެޑިއުލްކުރި ދަތުރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފި އެވެ.

ސީކްއީނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯރަފުއްޓަށް ކުރަން ހަމަޖެހުނު ދަތުރު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކުރިކަމަށާއި ރީފަންޑް ހޯދުމަށް ޓިކެޓް ހިފައިގެން ޓިކެޓް އޮފީހަށް ދުރުވުމުން ފައިސާ ލިބޭނެ ކަމަށެވެ.

މި އަހަރު އުތުރުގައި އެންމެ ފޯރިގަދަކޮށް އީދު ފާހަގަ ކުރަމުންދަ ހޯރަފުއްޓަށް ސީކުއީންގެ ދަތުރު ހަމަޖެއްސީ މިއަދު މެންދުރުފަހު 14:00 ގައި ކުޅުދުއްފުށިން ފުރާގޮތަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސުން ގޮސްވުމުގެ ސަބަބުން ހޯރަފުށީގައި އީދު ކުޅިވަރުތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355