twitterviber whatsapp telegramfacebookyoutube instagram
7th December 2019

އޭއެސްޕީން ކުޅުދުއްފުށީގައި ފޮޓޯގުރަފީ ކުލާސްތަކެއް ހިންގަނީ

ނަބީލާ އިސްމާޢީލް
Aug 14, 2019
1

ފޮޓޯނެގުމަކީ ވަރަށް ގިނަ ފަރާތްތަކެއް ކުރާހިތްވާ ކަމެކެވެ. އަދި ކުރިއަރަމުން އަންނަ ޓެކްނޮލެޖީގެ ޒަމާނުގައި ގިނަ ފަރާތްތަކަކުން މޮޅެތި ފޯނާއި ކެމެރާތަކުން ރީތި މަންޒަރުތައް ނެގުމަކީ ކުރާކަމެކެވެ. ނަމަވެސް ކަމެއްގެ ތަމްރީންނާއި ހުނަރުލިބިގެން ކުރުމާއި ތަފާތުވާނެކަން ޔަގީނެވެ.

އެގޮތުން ފޮޓޯގުރަފީގެ ދާއިރާއިން ކުރިއަންދާންބޭނުންވާ ފަރާތްތަކަށް އޭ.އެސް.ޕީ ސްޓޫޑިއޯގެ މަލްޓިމީޑިއާގެ ޕްރޮގުރާމުގެ ދަށުން ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯގްރަފީ ކުލާސްތައް ވެގެންދާނީ ރަނުގެ ފުރުސަތަކަށެވެ.

އުމުރުން 14 އަހަރުންމަތީގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި މިހާރު ވަނީ ފޯމު ދޫކުރަން ފަށާފަ އެވެ. ފޯމު ލިބެން ހުނަނާނީ އޭ.އެސް.ޕީ ސްޓޫޑިއޯއިންނާއި އެ ސްޓޫޑިއޯގެ ފޭސްބްކް ޕޭޖުން ޑައުންލޯޑުކުރެވޭނެ އެވެ.

މި ކުލާސްތައް މިމަހުގެ 25 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަދުވަހެވެ. އަދި މި ކަމަށް އެދޭ ފޯމު ހުށައަޅަން ޖެހެނީ އޭ.އެސް.ޕީ ސްޓޫޑިއޯއަށެވެ. މި ޕުރޮގުރާމުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ ކަމުގެ ތަޖުރިބާލިބިފައިވާ ފަރާތެއްކަމަށް ކޭއޯއަށް މައުލޫމާތު ދެއްވަމުން އޭ.އެސް.ޕީ ސްޓޫޑިއޯގެ އޯނަރު އަލީ މާހިރު ހާމަކުރެއްވި އެވެ.

އަދި ކުރިއަށް އޮތްތަނުގައި ވީޑިއޯގުރަފީއާއި އެނިމޭޝަން ގުރަފީގެ ކުލާސްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355