twitterviber whatsapp telegramfacebookyoutube instagram
21st November 2019

ހުސްފަޔާ ހިނގުމުގެ ފައިދާ އެނގޭތަ!

ނަބީލާ އިސްމާޢީލް
Aug 15, 2019
1

ޒަމާން ބަދަލުވެ ކޮންމެ މީހަކުވެސް ބަލަނީ އަގުބޮޑު މޮޅު ފައިވާނަކަށް ނުވަތަ ބޫޓަކަށް އަރައިގެން އުޅެވޭތޯއެވެ. ފައިވާން ރެކު ފުރާލެވޭތޯއެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިވާ ހިތްގައިމު ގޮނޑުދޮށްތަކުގައިވެސް ހުސްފަޔާ ހިނގާލުމުގެ ބަދަލުގައި ގިނަ ބަޔަކު މިހާރު އެކަމަށް ހާއްސަ ބޫޓެއް ހޯދައިގެން އުޅުމަކީ އާންމު ކަމެކެވެ. މޫދުކައިރީގައި ނޫނަސް ހުސްފަޔާ ހިނގާލުމުގެ ފައިދާ އެނގޭހެއްޔެވެ؟ އެކަމުގެ ބައެއް ފައިދާއަށް ނަޒަރު ހިނގާލަމަ ހިނގާށެވެ.

ވަގުތުކޮޅެއް ހުސްކޮށްލައިގެން ކޮންމެ ދުވަހެއްގައިވެސް ވެލިގަނޑު މަތީ ހުސްފަޔާ ހިނގާލުމަކީ އަޅުގަނޑުމެންގެ މި ރާއްޖޭގައި ފައްސޭހަކަމާއެކު ކޮށްލެވެން އޮތް ސިއްހީ ގޮތުން އެތަކެއް ފައިދާތަކެއް ލިބިދޭނެކަމެކެވެ. އެގޮތުން ހުސްފަޔާއި ހިނގާލުމަށް އާދަކުރުމުން ހަށިގަނޑުގައި ހުންނަ ކުދި ރިހުންތައް ފިލައިގެންދެއެވެ.

ސަައިންސްވެރިންގެ ހޯދުންތަކުން އެނގޭގޮތުގައި އާންމުކޮށް ހުސްފައިގައި ހިނގާ ފަރާތްތަކުގެ ރޭގަނޑުގެ ނިދި މި ގޮތަށް ނުހިނގާ ފަރާތްތަކާ އަޅާބަލާއިރު ފުރިހަމަވެ އެވެ. ރޭގަނޑު އަރާމު ނިންޖެއް ބޭނުންނަމަ އާންމު ގޮތެއްގައި މި ގޮތަށް ހިނގުމަށް އާދަކޮށްލަމާ ހިނގާށެވެ.

ހުސްފަޔާ ހިނގުމުގެ ސަބަބުން ލޭގައި ހުންނަ ހުދު ބުލަޑް ސެލް ދަށްކޮށް ރެޑް ބުލަޑް ސެލް އުފައްދައިދޭ މިންވަރު އިތުރުވުމަށް އެހީތެރިވެދެދިނުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ރަނގަޅުވުމަށް މަގުފަހިވެގެންދެ އެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ހުސްފަޔާ ހިނގުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ހުންނަ ލޭގެ އެއްސެލް އަނެއް ސެލްއާއި ތަތްވުމުން ދުރުކޮށްދެ އެވެ. މީގެ ސަބަބުން ލޭގެ އޮލަމިން ކުޑަވުމަށް އެހީތެރިވެދެ އެވެ. އެހެން ކަމުން ހިތުގެ ބަލިތަކުން ސަލާމަތްވުމަށް އެހީވެދެ އެވެ.

ބައެއް އަންހެނުންނަކީ މަސްވަރު ދުވަސްތައް ވަރަށް ވޭނުގައި ހޭދަކުރާބައެކެވެ. އެފަދަ ފަރާތްތަކުންވެސް ހުސްފަޔާ ހިނގާލުމުން މަސްވަރު ދުވަސްވަރު ބަނޑުގައި ރިއްސުމަށް ލުއިވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355