twitterviber whatsapp telegramfacebookyoutube instagram
17th October 2019

ގައުމީ އެއާލައިނުން ކެބިން ކުރޫން ހޯދަނީ

ނަބީލާ އިސްމާޢީލް
Aug 17, 2019

ގައުމީ އެއާލައިން މޯލްޑިވިއަންއަށް ކެބިން ކްރޫންތަކެއް ހޯދަން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ވަނީ އޯލެވެލް ފެންވަރު ހުރި އިނގިރޭސިބަހުން ވާހަކަދައްކަން އެނގޭ އަދި ފަތަން ދަންނަ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ކުރިމަތިލެވޭނެ ކަމަށެވެ.

އަދި އޭގެ އިތުރުން ފުރިހަމަ ސިއްހަތެއްގައި ހުރުމާއި އަންހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓު ދެ އިންޗި އަދި ފިރިހެނެއް ނަމަ 5 ފަސް ފޫޓު ހަތަރު އިންޗި ހުންނަ ޖެހޭ ކަމަށް އައިއޭއެސްއިން ނެރުނު އިއުލާނުގައިވެ އެވެ.

ވޯލްކް އިން އިންޓަވިއުއެއް ގޮތަށް ކުރިޔަށް ގެންދާއިރު އެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހު ހެނދުނު 8:00 އާއި 3:00 ދެމެދު އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ހަތަރުވަނަ ފަންގެފިލާގައި ހުންނަ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓަށް ހާޒިރުވާން ޖެހެ އެވެ.

އެ ކުންފުނިން ބުނީ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑާ އެއްގޮތަށް ތަމްރީނު ދެވޭނެ ކަމަށެވެ. އަދި ހޮވޭ ފަރާތްތަކަށް އެ ކުންފުނިން އޮޕަރޭޓްކުރާ ޑޭޝް 8 މަރުކާގެ ބޯޓުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް އައިއޭއެސް އިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355