twitterviber whatsapp telegramfacebookyoutube instagram
22nd February 2020

ބިލްތައް ނިންމުމަށް ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހުވެސް ޖަލްސާތައް ބާއްވަނީ

ނަބީލާ އިސްމާޢީލް
Aug 19, 2019

ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް މިރެއާއި، މިހަފްތާގެ ބުރާސްފަތި ދުވަހާއި އަންނަ އާދީއްތަ ދުވަހުވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ނިންމައިފި އެވެ.

ބޮޑު އީދު ބަންދަށް ފަހު މިއަދު ޖަލްސާތައް ފަށާފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާ ތެރޭ މިހާރު ހުށަހެޅިފައި ހުރި ބިލްތައް ނިންމަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި އަމާޒަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަ ބިލް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާ އެ ހަ ބިލް ތަސްދީގް ކުރުމަށް ފޮނުވޭ މިންވަރަށް މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށެވެ.

މި ދައުރުގައި ކުރާނެ އެންމެ ބޮޑު މަސައްކަތަކީ މަސްވެރިކަމާ ގުޅޭ ގޮތުން ހުށައެޅިފައިވާ ބިލް ކަމަށާއި އެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން މިރޭވެސް ވަނީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައި ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޖަލްސާތައް ބާއްވަން ޖެހެނީ ހޯމަ އަންގާރަ އަދި ބުދަ ދުވަހު އެވެ. ނަމަވެސް އިތުރު ޖަލްސާތައް ބޭއްވުމުގެ ބާރު މަޖިލީހުގެ ރައީސްއަށް އޮވެ އެވެ.

އީދު ބަންދަށް މަޖިލިސް މެދު ކަނޑާލުމުގެ ކުރިން ވެސް ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ވަނީ ރޭގަނޑު ބައެއް ޖަލްސާތައް ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355