twitterviber whatsapp telegramfacebookyoutube instagram
22nd September 2019

މާލެ އަތޮޅުން ރިސޯޓު ހަދަން ރަށްތައް ދޫނުކުރުމަށް ނިންމައިފި

ޚަދީޖާ އާދަމް
Aug 21, 2019
1

އަލަށް ރިސޯޓުތައް ހެދުމަށް މާލެ އަތޮޅުން ރަށްތައް ދޫނުކޮށް ޓޫރިޒަމް ނެތް ހިސާބުތަކުން ރިސޯޓުތައް ދޫކުރުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ވަނީ ރިސޯޓު ހަދަން އިތުރު ރަށްތަކެއް މާކެޓަށް ނެރެން ނިންމާފަ އެވެ. މާލެ އަތޮޅުން ރަށް ދޫނުކުރަން ނިންމީ މިހާރުވެސް ނުހެދި ގިނަ ރަށް ތަކެއް ހުރުމާއި ރިސޯޓު ތަރައްގީކުރުމަށް ގިނަ ރަށް ތަކެއް ދޫކޮށްފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި 140 ރިސޯޓު އޮތް އިރު މީގެ ތެރެއިން 47 ރިސޯޓު ހިންގަމުން ގެންދަނީ މާލެ އަތޮޅުގައިކަން ފާހަގަކޮށްލެވެ އެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި މާލެ އަތޮޅުން 30 އަށްވުރެ ގިނަ ފަޅު ވަނީ ހިއްކައިގެން ރިސޯޓު ހަދަން ދޫކޮށްފަ އެވެ.

އެހެން ފަހަރުތަކާ ހިލާފަށް ރިސޯޓު ހެދުމަށް ހުޅުވާލާފައިވާ ރަށްތަކުގެ "އިނީޝަލް އެންވަޔަރަންމަންޓް އެސެސްމަންޓާއި ސޯޝިއޯ އިކޮނޮމިކް އެސެސްމަންޓް" އެއް ހަދަން ނިންމައި އެކަން ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ދިރާސާ ހެދުމުގެ ބޭނުމަކީ ރަށް މާކެޓަށް ނެރުމުގެ ކުރިން އާއްމުންގެ ހިޔާލާއި ތިމާވެށީގެ ދިރާސާ ހަދައި ބެލުން ކަމަށެވެ.

މިހާރުވެސް ޓޫރިޒަމާގައި ގުޅުން ހުރި 132 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355