twitterviber whatsapp telegramfacebookyoutube instagram
21st September 2019

އޮންލައިންކޮށް ހިންގާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް މަޖުބޫރުކުރަނީ

Aug 21, 2019
1

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން އޮންލައިންކޮށް ހިންގަމުން އަންނަ ވިޔަފާރިތައް ރެޖިސްޓްރީ ކުރަން މަޖުބޫރުވާނެ ކަމަށް އިކޮނޮމިކް މިސްޓަރ ވިދާޅުވެއްޖެ އެވެ.

މި އިސްލާހުގެ ތަފްސީލް ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ގެ ބޭނުމަކީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިތަކެއް ރަޖިސްޓްރީ ކުރުމާއި ވިޔަފާރިއެއް ހިންގާކަން މިނިސްޓްރީ އަށް އެނގުން ކަމަށާއި ވީ ރާއްޖޭގައި މިހާރު ކުރާ ވިޔަފާރިތަކުގެ ތެރެއިން ދައުލަތުގައި ރަޖިސްޓްރީކޮށްގެން ހިންގަނީ މަދު ވިޔަފާރިތަކެއް ކަމަށެވެ.

ވިޔަފާރިވެރިންނަށް ފަސޭހަ ކަންކަން ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވީ ބިލްގެ ބޭނުމަކީ އެއް މިނިސްޓްރީ ތެރެއިން ހުރިހާ ކަމެއް ކުރުން ކަމަށެވެ.

މިގެ އިތުރުން ފައްޔާޒު ވިދާޅުވީ ފިހާރައެއް ނުވަތަ ހޮޓަލެއް ހުޅުވާކަށް ހުއްދަ ހޯދާކަށް ނުވަތަ މަހު ފީ އެއް ދައްކާކަށް ނުޖެހެނެ ކަމސާއި ހަމައެކަނި ޖެހޭނީ ހުޅުވާކަށް މިނިސްޓްރީއަށް އަންގަން ކަމަށެވެ. ނަމަވެސް ، ގަރާޖާއި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން ރަޖިސްޓްރީ ކުރަން މަޖުބޫރު ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އަދި ވިޔަފާރިއެއް އުވާލައިފި ނަމަ އެކަން ވެސް އަންގަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ރަޖިސްޓްރީކޮށްފައި ހުރި ވިޔަފާރިތަކުގެ މައުލޫމާތު ވެސް ހާމަކުރަން ބިލުން ލާޒިމްކުރާ ކަމަށާއި ބިލްގައި އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ވެސް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355