twitterviber whatsapp telegramfacebookyoutube instagram
22nd September 2019

އުރީދޫއިން އަގުބޮޑު އިނާމުތަކާއެކު "ސުވާލު ފޮށި" ނަމުގައި މުބާރާތެއް ފަށައިފި

ނަބީލާ އިސްމާޢީލް
Aug 22, 2019

އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމާއި އެކު، އުރީދޫ އިން "ސުވާލު ފޮށި" އެސް.އެމް،އެސް މުބާރާތް ފަށައިފި އެވެ.

ސުވާލު ފޮށީގެ ނަމުގައި އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ ސުވާލު މުބާރާތެއް އުރީދޫ އިން ފަށައިފަށާފައިވާ މި މުބާރާތް ކުޅެގެން އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ސެމްސަންގ ގެލެކްސީ ސްމާޓް ފޯނު އަދި ސެމްސަންގ ގެލެކްސީ ބަޑްސް ހިމެނޭ އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފަ އެވެ.

ސުވާލު ފޮށި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ އަމާޒަކަށްވާނީ އެކި ލެވެލް ތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި އަހާލެވޭ ތަފާތު ސުވާލުތަކުގެ ޖަވާބު ރަނގަޅުކޮށް ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުން ކަމުގައި އުރީދޫއިން ބުނެއެވެ. އަންނަމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރުމަށް އުރީދޫއިން އެދެއެވެ.

ސުވާލު ފޮށި ކުއިޒްގައި ބައިވެރިވެ ކޮންމެ ހަފްތާއަކުވެސް ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ތިން ފަރާތަކަށް އިނާމް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން އެންމެ މޮޅު ކުޅުންތެރިޔާއަށް ހުށައެޅިފައިވަނީ ސެމްސަންގ ގެލެކްސީ އެސް 10، ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ސެމްސަންގ ގެލެކްސީ އެމް 20 އެއް ހުށައެޅިފައިވާއިރު ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔަކަށް ހުށައެޅިފައިވަނީ ސެމްސަންގ ގެލެކްސީ ބަޑްސް އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355