twitterviber whatsapp telegramfacebookyoutube instagram
21st November 2019

ފިލްމީ ދާއިރާއަށް އަބަދުވެސް ޝައުގުވެރިވި: ސާރާ

ޚަދީޖާ އާދަމް
Aug 24, 2019

ކެރިއާއެއްގެ ގޮތުގައި އެކްޓުކުރުން އެއީ އެންމެ ކުޑައިރުން ފެށިގެންވެސް ކުރިއަށް ދާން ބޭނުންވި ދާއިރާކަމަށާއި އަބަދުވެސް ވެވޭނީ އެކްޓަރަކަށްކަން ގަބޫލްކުރެވޭ ކަމަށް ސާރާ އަލީ ޙާން ބުނެފިއެވެ.

މިދިޔަ އަހަރު ނެރުނު ސާރާގެ އަލަތު ފިލްމު ކެދާނަތުގެ ކާމިޔާބާއެކު ސާރާއަށް ދަނީ ގިނަ ފިލްމުތަކެއްގެ ފުރުސަތު ލިބެމުންނެވެ.

ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިއެއްގައި ސާރާ ބުނީ އެންމެ ބޮޑަށް އެކްޓުކުރުމަށް އޮތް ޝައުގު އިހްސާސްވީ ކޮލަންބިޔާގައި ކިޔަވަން ހުރިއިރު ކަމަށެވެ.

ކިޔެވުމަކީ އެންމެ މުހިއްމުކަންތައް ގޮތުގައި އަބަދުވެސް އޭނާ ބޮޑުވަމުން އައި އިރު މައިންބަފައިން ބުނެދީފައި އޮތުމުން އިސްކަން ދިނީ ކިޔެވުމަށް ކަމަށާއި ކޮލަންބިޔާއަށް ދިޔައިރުވެސް އެކްޓުކުރުމުގެ ހުވަފެން ހިތުގައި އޮތްކަމަށް ސާރާ ބުންޏެވެ.

އެގޮތުން އެކްޓިން އިތުރަށް ދަސްކުރުމަށް ކޮލަންބިޔާގެ ހުރި އިރު ތިއޭޓާގައި މަސައްކަތްކުރި ކަމަށާއި އެކަމުންވެސް އެކްޓިންނަށް އޮތް ލޯބި އިތުރަށް އެގިގެން ދިޔަ ކަމަށެވެ.

ސާރާ މިހާރު މަސައްކަތް ކުރަމުންދަނީ ވަރުން ދަވަންއާއި އެކު ކޫލީ ނަންބަރ 1 ގަ އެވެ. މީގެ އިތުުރުން ސާރާއަތުގައި ޑޭވިޑް ދަވަން އަދި އިމްތިޔާޒް އަލީގެ ފިލްމެއްވެސް އެބައޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355