twitterviber whatsapp telegramfacebookyoutube instagram
17th October 2019

އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލަކަށް ސްޕީޗް ތެރަޕިސްޓުން ހޯދަނީ

Aug 27, 2019

ޓާޝަރީ ފެންވަރަށް ގާއިމް ކުރަން ހަމަޖެހިފައިވާ 5 ހޮސްޕިޓަލަކަށް ސްޕީޗް ތެރަޕިސްޓުން ހޯދުމަށް އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއަދު ވަނީ ސްޕީޗް ތެރަޕިސްޓް އަދި ސީނިއަރ ސްޕީޗް ތެރަޕިސްޓް ހޯދުމަށް އިއުލާންކޮށްފަ އެވެ.

އެގޮތުން ސްޕީޗް ތެރަޕިސްޓުން ހޯދުމަށް އިއުލާން ކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ސ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ލ ގަން ރީޖަނަލް ހޮސްޕިޓަލް، ރ އުނގޫފަރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ޑރ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަަލަށެވެ.

ކޮންމެ ހޮސްޕިޓަލަކަށް ސީނިއަރ ސްޕީޗް ތެރަޕިސްޓް ހޯދުމަށް އިއުލާންކޮށްފައިވާ އިރު ސްޕީޗް ތެރަޕިސްޓުން ހޯދުމަށް ކުޅުދުއްފުށީ އަދި ސ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފިޔަވާ އަނެއް 3 ހޮސްޕިޓަލަށް އިއުލާން ކޮށްފައިވަނީ އެންމެ ތެރަޕިސްޓަކަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ސ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އިއުލާންކޮށްފައިވަނީ ކޮންމެ ހޮސްޕިޓަލަކަށް 2 ތެރަޕިސްޓެވެ.

އެހެންކަމުން ކުޅުދުއްފުށި އަދި ހިތަދޫގައި ސީނިއާރ ތެރަޕިސްޓެއްގެ އިތުރުން 2 ސްޕީޗް ތެރަޕިސްޓުންގެ ހިދުމަތް ލިބިގެން ދާނެއެވެ.

މި މަގާމުތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރ މަހު 08 ވަނަ ދުވަހުގެ މެންދުރު ފަހު 13:30 އެވެ. 13:30

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355