twitterviber whatsapp telegramfacebookyoutube instagram
22nd September 2019

ކުޅުދުއްފުށީ ބޮޓަލިންގ ޕްލާންޓްގައި އުފައްދާ ފެންފުޅީގެ ޑިމާންޑް ވަރަށް ބޮޑު: އައިބީއެމްގެ އެމްޑީ

އިބްރާހިމް ހަމީދު
Aug 28, 2019
2

އެންމެ އުތުރުން، ކުޅުދުއްފުށީގައި ގާއިމުކުރި ބޮޓަލިން ޕްލާންޓުން އުފައްދައި ބަންދުކުރާ ފެންފުޅީގެ ޑިމާންޑް ވަރަށް ބޮޑުކަމަށް އައިލެންޑް ބެވަރެޖްސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އިބުރާހިމް އަންވަރު ވިދާޅުވެއްޖެ އެވެ.

ކޭއޯގައި ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ ކުޅުދުއްފުށީގައި ފެށުނު ފުޅީގައި ފެންބަންދުކޮށް ވިއްކުމުގެ ޑިމާންޑް އެބައޮތް ކަމަށާއި މިސަރަހައްދުގެ އެޖެންޓްންގެ ގޮތުގައި ބައެއް ފަރާތްތަކުން މިހާރުވެސް އައިބީއެމްއާ ގުޅިފައިވާ ކަމަށެވެ

"އަޅުގަނޑުމެން އެކްސްޕެކްޓް ކުރިވަރަކަށް ނޫން ފެން ވިކެމުންދަނީ އެއަށްވުރެން މާގިނައިން. އިރާދަކުރެއްވިއްޔާ ކުޅުދުއްފުއްޓަށާއި މިސަރަހައްދަށް ފެން ވިކެމުންއެބަދޭ. އެމްޑީ އަންވަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ބޮޓަލިން ޕްލާންޓްގައި ފެން އުފައްދާ ވިއްކަން ފަށާފައިވަނީ މިއަހަރު ޖޫންމަހުގެ ފަހު ކޮޅުގައެވެ. އަދި މައްސަލަ ދިމާވެގެން ފެންހެދުން ހުއްޓާލާފައި ވަނީ އޯގަސްޓްމަހުތެރޭގަ އެވެ. އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ފެން އުފައްދާ ކާރުހާނައިން ފެން އުފައްދާ ބާޒާރަށް ނެރެން ފެށުމާއެކު މިސަރަހައްދުގައި ތާޒާ ފެން ފުޅީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮވެފަ އެވެ. މިތަނުގައި ތިން ސައިޒެއްގެ ފުޅީގައި ދަނީ ފެން ބަންދުކުރަމުންނެވެ. އެއީ 330 މލ އާއި 500 މލ އާއި 1.5މލ ފުޅި އެވެ.

އައިބީއެމްގެ ބަޖެޓުން 30 މިލިއަން ހަރަދުކޮށްގެން ހެދި އެ ޕްލާންޓްގައި ގަޑިއަކު 9000 ފުޅި ބަންދުކުރުމުގެ ގާބިލްކަން ލިބިގެންވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355