twitterviber whatsapp telegramfacebookyoutube instagram
22nd November 2019

އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ފޮތްތަކެއް ވިއްކަމުންދަނިކޮށް އަތުލައިގަނެފި

ނަބީލާ އިސްމާޢީލް
Aug 31, 2019
1

އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ލިޔެފައިވާ ފޮތް ތަކެއް މާލޭގައި ވިއްކަމުންދަނިކޮށް އަތުލައިގަނެފިއެވެ.

މި ކަމާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވީ އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރި 109 އަށްވުރެން ގިނަފޮތް ތަކެއް ކަސްޓަމްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި ފޮތްތައް އަތުލައިގަނެފައި ވަނީ މާލޭ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ވަނިކޮނެވެ.

ނަމަވެސް ކަސްޓަމްސްއިން މި ފޮތްތައް އަތުލައިގަނެފައިވަނީ ކޮންފިހާރައަކުން ކަމެއް ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް އިސްލާމްދީން ނޫން އެހެން ދީންތައް އެކި ގޮތްގޮތުން ފެތުރުމަށް މަސައްކަތް ކުރުމުގެ ހިތާމަވެރި ހާދިސާތައް ވަނީ ފެންމަތިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355