twitterviber whatsapp telegramfacebookyoutube instagram
22nd September 2019

ކައުންސިލްތަކުގެ ހަގީގީ ދުވެހި ފެނިގެންދާނީ އަންނަ އަހަރު: އަމީރު

އަބްދުލް ވާހިދު ޙަސަން
Aug 31, 2019

ކައުންސިލްތަކުގެ ހަގީގީ ދުވެހި ފެނިގެންދާނީ އަންނަ އަހަރުގެ ބަޖެޓް ފާސްވެ މަސައްކަތްތައް ފެށުމުން ކަމަށް ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ލާމަސީލު ކައުންސިލްތަކުގެ އަގުވަޒަންކޮށް ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ދެމުން އަންނަ "ކަންގަތި އެވޯޑް" ހަފުލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވީ މި ސަރުކާރުގެ ޖަޒީރާ މެނިފެސްޓޯގެ މައި އެއް އަސާސަކީ ކައުންސިލްތައް ބާރުވެރިކުރުންކަމަށާއ، އެގޮތުން މި ސަރުކާރު ވެރިކަމަށް އައިސް މި ވީ ނުވަ މަސް ދުވަހުގެ ތެރޭގައި ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އަމީރު ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ވިދާޅުވި އެވެ. އެގޮތުން ރަށުގެ އެކި ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑު ބައެއް ކައުންސިލްތަކަށް ވަންނާނެ އުސޫލެއް ގާއިމްކުރެވިގެންދާނެކަން ކަމަށެވެ.

އަމީރު ވިދާޅުވީ ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީގައި ލޯކަލް ކައުންސިލް ޔުނިޓްއެއް ގާއިމުކޮށް ކާމިޔާބު މަސައްކަތްތަކެއް ކުރާނެކަމަށެވެ. އަދި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަލުން ދޭން ފަށައި ބަޖެޓުން ބާކީވާ ފައިސާ ދެން އަންނަ އަހަރުގެ ކަންކަމަށް ބޭނުންކުރުމަށް ފަހި ނިޒާމުތަކެއް ހަމަޖައްސަވާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355