twitterviber whatsapp telegramfacebookyoutube instagram
20th February 2020

ކުޅުދުއްފުށީ މާޓޭ އެކަޑަމީ ފުޓްބޯޅަ ޓީމް މާލެއަށް!

އިބްރާހިމް ހަމީދު
Aug 31, 2019

މާލޭގެ ފުޓްބޯޅަ އެކަޑަމީތަކާއި މަޝްހޫރު ފުޓްބޯޅަ ކޯޗް(މާޓޭ) އިސްނަގައިގެން ފުޓްބޯޅަ ކުޅުންތެރިން ތައްޔާރުކުރުމަށް އުފައްދާފައިވާ މާޓޭ އެކަޑަމީ އާއި ގުޅިގެން މާލޭގައި ބާއްވާ ފުޓްބޯޅަ މެޗްތަކެއް ކުޅުމަށް ކުޅުދުއްފުށީ މާޓޭ އެކަޑަމީ ޓީމް މާލެ ދިއުމަށް މިއަދު ހަވީރު ފުރައިފި އެވެ.

ކޭއޯއަށް މަޢުލޫމަތު ދެއްވަމުން ކުޅުދުއްފުށީ މާޓޭ އެކަޑަމީގެ ފަރާތުން މުޙައްމަދު ހަސަން ވިދާޅުވީ މާޓޭ އެކަޑަމީ އާއި މާލޭގެ އެހެން އެކަޑަމީތަކާއި ގުޅިގެން މާލޭގައި ކުރިއަށްގެންދާ ފުޓްބޯޅަ މެޗްތަކެއް ކުޅުމަށް ކަމަށެވެ.

މުޙައްމަދު ހަސަން ވިދާޅުވީ ކުޅުދުއްފުށީގެ ޓީމްގެ ކުޅުންތެރިން މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޓޭ އެކަޑަމީގެ މާލޭ ޓީމާއި ވިކްޓްރީ ސްޕޯޓްސް އަދި ވިލިނގިލި އެކަޑަމީގެ ޓީމް ތަކާއެކު ކަމަށެވެ.

"މިފަދަ މެޗްތަކެއް އެހެން އެކަޑަމީތަކާއި އެކު އަޅުގަނޑުމެން ކުޅުދުއްފުށީ މާޓޭ އެކަޑަމީގެ ޓީމް ބައިވެރިކޮށް މެޗްތައް ކުޅުމުގެ މައިގަނޑު މަގުސަދަކީ އެކުދިންނަށް އެހެން އެކަޑަމީގެ ކުޅުންތެރިން ގެ ހުނަރުތައް ދަސްވެ ފުޓްބޯޅައިގެ ތަޖުރިބާ އެކުދިން އަމިއްލައަށް ދަސްކުރުން". މުޙައްމަދު ހަސަން ވިދާޅުވި އެވެ.

އިތުރަށް މުޙައްމަދު ވިދާޅުވީ މިމެޗްތައް މާލޭގައި ކުރިއަށް ދާނީ ސެޕްޓެމްބަރުމަހު 01 އިން 02 އަކަށް ދެދުވަހުގެ މުއްދަތަށެވެ. އަދި މިދަތުރުގައި ކުޅުދުއްފުށީގެ މާޓޭ އެކަޑަމީގެ 13 އަހަރުން ދަށުގެ ޖޫނިއަރ ފުޓްބޯޅަ ޓީމާއެކު 03 އޮފިޝަލުންވެސް ބައިވެރިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355