twitterviber whatsapp telegramfacebookyoutube instagram
22nd September 2019

މުސާރައިގެ އާ އޮނިގަނޑަށް އަންނަ އަހަރު އަމަލުކުރަން ފަށާނެ: ފިނޭންސް

Sep 8, 2019
2

މުސާރައިގެ އާ އޮނިގަނޑު ނިންމާ އަންނަ އަހަރު އަމަލުކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވާފައިވާ ސާކިއުލާއެއްގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގެ މިހާރު އަމަލުކުރާ މުސާރައިގެ އޮނިގަނޑާބެހޭ ގޮތުން ޕޭ ކޮމިޝަނުން ދިރާސާ ތަކެއް ކޮށްފައިވާ ކަމަށާ، އެ ކޮމިޝަންގެ ދިރާސާގެ އަލީގައި ބައިނަލްއަގުވާމީ "ބެސްޓް ޕްރެކްޓިސް" އަށް ރިއާޔަތްކޮށް ދައުލަތުގައި ހިމެނޭ 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކުގެ ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ނޭޝަނަލް ޕޭމިޝަނުން ދައުލަތުގެ އިދާރާތައް ގްރޫޕު ކުރުމަށްފަހު އެކުލަވާލައިފައިވާ "މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް" ވެބްސައިޓުގައި އާއްމުކޮށްފައިވާނެ ކަމަށެވެ.

އަދި ދައުލަތުގެ މުވައްޒަފުންނަށް މިހާރުދޭ އެލަވަންސްތައް އެއް ހަމަކުރުމުގެ ގޮތުން ދައުލަތުގެ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އެލަވަންސްތަކުގެ ހަމަތަކާއި މިންގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕޭ ކޮމިޝަނުން މި އަހަރުގެ މެއި މަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބޭރުގެ މާހިރުންގެ އެހީގައި ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގެނެވިފައިވާ ކަމަށާއި މުސާރައިގެ ސިޔާސަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި އެ ކޮމިޝަނުން ގިނަ މަސައްކަތްތަކާއި ދިރާސާ ތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355