twitterviber whatsapp telegramfacebookyoutube instagram
20th February 2020

މާލެ އޯޕަން ސްވިމިންގް ކޮމްޕެޓިޝަން އޮކްޓޯބަރު މަހު

Sep 9, 2019

ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން މާލެ އޯޕަން ސްވިމިންގް ކޮމްޕެޓިޝަން އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ރާވައިފި އެވެ.

ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމެޕެޓިޝަން 2019 ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ 1 ކިލޯ މީޓަރ ނުވަތަ 500 މީޓަރުގެ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަ ޖެހިފައިވަނީ 12 އޮކްޓޯބަރ 2019 ވާ ހޮނިހިރު ދުވަހު މާލެ ރަސްފަންނާ ދިމާ ބޭރު ކަނޑުގައިއެވެ.

ހުރިހާ އުމުރު ފުރައަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ކުޑަކުދިންގެ އިވެންޓް އޮންނާނި ރަސްފަންނު ތެރޭގައިއެވެ.

މި މުބާރާތް ރާވާ ހިންގާ ސްވިމް މޯލްޑިވްސް ޖަމިއްޔާއަކީ ފެތުމާއި މޫދު ކުޅިވަރު ކުރިއަރުވައި ތަރައްގީކޮށް ކުރިއެރެވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ސްވިމް މޯލްޑިވްސްއިން މި މުބާރާތް ބާއްވާ އެއް މަގްސަދަކީ ވީހާވެސް ގިނަ ބަޔަކަށް ވާދަވެރި ރައްކާތެރި އުފާވެރި މާހައުލެއްގައި ފެތުމާއި މޫދު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ދިރާގުން މި މުބާރާތް ބޭއްވުމަށް އެއްބާރުލުން ދިނުމުގެ މަގްސަދަކީ ރާއްޖެއަކީ ވަށައިގެން މޫދު އަދި ކަނޑު އެކުލެވޭ ޖަޒީރާ ގައުމެއްކަމުގައި ވުމުން ފެތުމާއި މޫދު ކުޅިވަރަށް ވީހާވެސް ގިނަ ދިވެހިން އަހުލުވެރިކޮށް މި ފަދަ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭތީ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355