twitterviber whatsapp telegramfacebookyoutube instagram
21st November 2019

ޝީޝާ ބޯނަސް ޕްރޮމޯޝަން: ކޮންމެ ސައިކަލަކުން 3000 ރުފިޔާ އާއި 6000 ރުފިޔާގެ ޑިސްކައުންޓެއް

Sep 10, 2019

ރާއްޖޭގެ ހަމައެކަނި ހޮންޑާ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން "ބޯނަސް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޝީޝާގެ ހުރިހާ ފިހާރަތައް ހުންނަ ހުރިހާ ރަށެއްގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ. އެގޮތުން ކުޅުދުއްފުއްޓާއި އައްޑޫ، ފުވައްމުލަކުގެ އިތުރުން މާލޭގައިވެސް މި ހާއްސަ ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް ޝީޝާ އިން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެތަނުން ގަންނަ ސައިކަލުތަކުން 3000 ރުފިޔާ އާއި 6000 ރުފިޔާގެ ޙާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.

މި މުއްދަތުގެ ތެރޭގައި ޝީޝާ އިން ގަންނަ ކޮންމެ ސައިކަލަކަށްވެސް މި ބޮޑު ޑިސްކައުންޓް ލިބިގެންދާނެ އެވެ. އަދި ހަމަ ސައިކަލަކާއެކު ހާއްސަ ހަދިޔާއެއްވެސް ލިބިގެންދާނެ އެވެ. ހަދިޔާތަކުގެ ތެރޭގައި ހޮންޑާ ބްރޭންޑް ގެ ޕްރޮޓެކްޓިވް ކަވަރު، ހޮންޑާ ބްރޭންޑްގެ ހެލްމެޓް، އެޗްޓޫސީ ބްރޭންޑްގެ ހެލްމެޓް އަދި ކުޑަކުދިންގެ ޓީޝާޓު ހިމެނެ އެވެ.

މި ހާއްސަ ޑިސްކައުންޓް ޝީޝާ އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ފަރާތްތަކަށާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލް ގަންނަ ފަރާތް ތަކަށްވެސް ލިބިގެންދާނެ އެވެ.

ޝީޝާ އިން އަންނަނީ ތަފާތު އެކި ޑިސްކައުންޓްތައް ލިބޭ ބޮޑެތި ޕްރޮމޯޝަންތައް ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355