twitterviber whatsapp telegramfacebookyoutube instagram
21st November 2019

ރައީސުލްޖުމްހޫރިއްޔާ ރ. މީދޫއަށް ވަޑައިގެންފި

Sep 11, 2019

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މާޅޮސްމަޑުލު އުތުރުބުރި ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މީދޫއަށް މިއަދު ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މީދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މީދޫ ކައުންސިލާއި އެރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ރ. އަލިފުއްޓަށެވެ. ރައީސުލްޖުމްހޫރިއްޔާ އަލިފުއްޓަށް ކުރައްވާ މި ޒިޔާރަތުގައި އެރަށުގެ ކައުންސިލާއި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ރ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

އަލިފުއްޓަށް ރައީސުލްޖުމްރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355