twitterviber whatsapp telegramfacebookyoutube instagram
20th February 2020

ސީޓީ މެޝިންގެ ހިދުމަތް އާއްމުކޮށް ހުޅުވާނުލާތީ ރައްޔިތުންގެ ފާޑުކިއުން ހެލްތު މިނިސްޓްރީއަށް

އިބްރާހިމް ހަމީދު
Sep 11, 2019
4

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބަހައްޓާފައިވާ ސީޓީ މެޝިންގެ ހިދުމަތް ދިނުމަށް އާއްމުކޮށް ހުޅުވާލާފައިނުވާތީ ހެލްތު މިނިސްޓްރީއަށް ރައްޔިތުންގެ ފާޑުކިއުން އަމާޒުވާން ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އިންޑިޔާގެ ނިމްސްއިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަހައްޓަން ގެނައި 16 ސްލައިސްގެ ސީޓީ މެޝިނެކެވެ. ނަމަވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ކުރުމަށްޓަކައި މިދިޔަ އަހަރު އޮކްޓޯބަރުމަހު ވަނީ ރައީސް ޔާމީން ސަރުކާރުންވަނީ 128 ސްލައިސްގެ އެންމެ ޒަމާނީ ސީޓީ މެޝިނެއް ކުޅުދުއްފުއްޓަށް ގެނެސް ހިދުމަތް ދިނުމަށް ވަނީ ތައްޔާރީތަކެއް ކޮށްފަ އެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ފަސް އަހަރު ނިމުނުއިރު އެހިދުމަތްވަނީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްނުދެވި އެވެ.

މީގެ ކުރިން ކޭއޯއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ހަދީޖާ އަލީ ވިދާޅުވެފައިވަނީ މިއަހަރުގެ ޖޫންމަހުގެ ފަހުކޮޅު ނުވަތަ ޖުލައިމަހުގެ ކުރީކޮޅު އެހިދުމަތް ދިނުމަށް ހުޅުވާލެވޭނެކަމަށާ އެކަމަށް ބޭނުންވާ މުވައްޒަފުންވެސް ތިބިކަމަށެވެ. އަދި އެތަނަށް ބޭނުންވާ ބައެއް ތަކެތި ހޯދަންޖެހޭތީ އެތަކެތި ގަތުމުގެ ހުއްދަވެސް ހެލްތުމިނިސްޓްރީން ލިބިފައިވާ ކަމަށެވެ.

ރައްޔިތަކު މިނޫހާއި މަޢުލޫމާތު ހިއްސާ ކުރަމުން ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބަހައްޓާފައި ސީޓީ މެޝިން ހުރިހާ މަސައްކަތެއް ނިމިފައިވާއިރު އާއްމުކޮށް އެހިދުމަތް ދިނުމަށް ހުޅުވާނުލާތީ މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

"ޑޮކްޓަރު ރިފަރ ކުރީމާ ސީޓީގެ ހިދުމަތް ދޭ ގޮތަށް މިއޮންނަނީ. އެއީ އެއްގޮތަކަށްވެސް އެހިދުމަތްދެވެނީ އެއްނޫން. އާއްމުކޮށް އެހިދުމަތަށް ހުޅުވާލެވެންޖެހޭ. ސިއްހީ ހިދުމަތްދޭ އެހެންތަނަކުންވެސް ސީޓީއެއް ހަދަން މީހަކު ހިނގައިދާނެ ދެއްތޯ. ތާރީހަކަށްފަހު ތާރީހެއް ހޮސްޕިޓަލުން މީޑިއާތަކަށް ދެމުންދަނީ. މިހާރު ހަތަރުމަސް ނިމެނީ އަދި އެހިދުމަތެއް އާއްމުކޮށް ހުޅުވައެއް ނުލެވޭ. އެމީހާ ހިތް ހަމަނުޖެހި ހުރެ ބުންޏެވެ.

މިހިދުމަތް އާއްމުކޮށް ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބިގެންދާނެ ދުވަހެއް އޮޅުން ފިލުވުމަށް ކޭއޯގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ގުޅުމުން ވިދާޅުވީ ތިކަމުގެ އަޕްޑޭޓްސް ދޭނެކަމަށެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް މިވަނީ މިކަމުގައި މިނިސްޓްރީގެ ބަހެއް އަދި ލިބޭގޮތް ނުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ސީޓީ މެޝިން ހިދުމަތަށް ނެރުމަށް ވަނީ މަސައްކަތްތަކެއްވެސް ކޮށްފަ އެވެ. އެކަމަކު މިއަދާއި ހަމައަށްވެސް އާއްމުކޮށް އެހިދުމަތަށް ހުޅުވާލާފައިނުވާތީ ރައްޔިތުންގެ ގިނަފާޑުކިޔުންތަކެއްދަނީ ސަރުކާރަށާއި ހެލްތު މިނިސްޓްރީއަށް އަމާޒުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355