twitterviber whatsapp telegramfacebookyoutube instagram
7th December 2019

އިންޑިއާގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި 12 މީހުން މަރުވެއްޖެ

Sep 16, 2019

އަވަށްޓެރި އިންޑިއާގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި 12 މީހުން މަރުވެއްޖެ އެވެ.

އިންޑިއާގެ އަންދުރަ ޕްރަދޭޝް ސްޓޭޓްގެ މަޝްހޫރު ގޮދާވަރީ ކޯރުގައި 70 ޓޫރިސްޓުންނާއެކު ދަތުރު ކުރި ބޯޓު ބަންޑުން ޖަހާލި ހާދިސާގައި 12 މީހުން މަރުވުމުގެ އިތުރުން ވިއްސަކަށް މީހުން ވަނީ ގެއްލިފައެވެ. އަދި 27 ފަތުރުވެރިއަކު ސަލާމަތީ ބާރުތަކުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ޕޮލިހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބޯޓު ބަންޑުން ޖަހާލީ ކޯރުގެ ތިލަ ހިސާބަކުން ގަލެއްގައި ޖެހިފައެވެ. މިހާދިސާގައި ސަލާމަތްވި ބައެއްފަރާތްތަކުން ބުނެފައިވާ ގޮތުގައި އެމީހުންގެ އާއިލާގެ ބައެއް މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

މިހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ވަނީ މަރުވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިއާގެ މެސެޖެއް ފޮނުއްވާފައެވެ.

އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ޓޫރިޒަމް މިނިސްޓަރ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ބޯޓު ދަތުރުކޮށްފައިވަނީ ދަތުރު ކުރުމުގެ ލައިސަންސެއް ނެތިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355