twitterviber whatsapp telegramfacebookyoutube instagram
21st November 2019

ހަނިމާދޫއިން ކޮޗިންއަށް ހަފްތާއަކު 3 ދަތުރު، ފުރަތަމަ ދަތުރު އޮކްޓޯބަރ 28 ގައި

ޚަދީޖާ އާދަމް
Sep 18, 2019
2

މޯލްޑިވިއަނުން ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފަށާ ސީދާ ދަތުރުތައް އަންނަ މަހު 28 ގައި ފެށުމަށް ނިންމާ ކޮންމެ ހަފްތާއަކު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ހަނިމާދޫ އާއި ކޮޗިންގެ ދަތުރުތައް އިފްތިތާހު ކުރުމަށް ކޮޗިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ މޯލްޑިވިއަނުން ކޮޗިންނަށް ދަތުރުތައް ފެށުމާއިއެކު އަތްފޯރާ ފަށުގައި ފަތުރުވެރިންނަށް ދިވެހިރާއްޖެ ބަލާލެވޭނެ ކަމަށެވެ.

މޯލްޑިވިއަން އިން ދަނީ އިންޑިއާގެ އެހެން ސިޓީތަކަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެއާލައިނުން މީގެ ކުރިން ބުނެފައިވެއެވެ.

ހަނިމާދޫއިން ކޮޗިންއަށް ދަތުރުތައް އިންނާނީ ކޮންމެ ހޯމަ، ބުރާސްފަތި އަދު ހޮނިހިރެއްގައެވެ. އެގޮތުން ހަނިމާދޫއިން ކޮޗިންގެ އެންމެ އަގުހެޔޮ ފެއާރގައި ދެކޮޅަށް 199 ޑޮލަރަށް ދަތުރު ކުރެވޭނެއެވެ.

މޯލްޑިވިއަނުން މިހާރުވެސް ހަނިމާދޫއިން ޓްރިވެންޑްރަމަށް ހަފްތާއަކު 2 ދަތުރު ކުރަމުން ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355