twitterviber whatsapp telegramfacebookyoutube instagram
21st November 2019

ރާއްޖޭގައި އިތުރު މަސް ފެކްޓްރީއެއް އަޅަނީ

ޚަދީޖާ އާދަމް
Sep 18, 2019
2

މިފްކޯއިން ރާއްޖޭގައި އިތުރު ބޮޑު މަސް ފެކްޓްރީއެއް އަޅަން ނިންމާފައިވާކަމަށް މިފްކޯގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެގޮތުން އެ ކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ފެކްޓްރީ އަޅަން އެންމެ ރަނގަޅު ސަރަހައްދު ބަލަމުންދާ ކަމަށް ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސް ފެކްޓްރީގެ މަސައްކަތް މީޑިއާ އަށް ދައްކާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މިހާރު ހުރި ފެކްޓަރީ އެކްސްޕޭންޑް ކުރާނަމަ ފަސޭހަތަކެއް އެބަހުރި ކަމަށާއި އެއީ މިހާރު ވެސް ލައިސަންސްތަކާއި އޮޑިޓްތައް އިންޓަނޭޝަނަލް ސްޓޭންޑަޑަށް ހެދިފައި ހުރި ފެކްޓްރީއަކަށް ވުމުން ފެލިވަރުގައި ހުރި ފެކްޓްރީ އެކްސްޕޭންޑް ކުރުމުން އޮޑިޓްކުރުމާއި ކަންކަމަށް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް މުޅިން އަލަށް ފެކްޓަރީއެއް ހަދާ ނަމަ ހުރިހާ މަސައްކަތެއް ނިންމަން ދުވަސް ނަގާނެކަން ފާހަގަ ކުރެއްވި އެވެ،

މީގެ އިތުރުން މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ ގިނަ ކަންތައްތަކެއް ހުރި ކަމަށް އަމްރު ވިދާޅުވި އެވެ.

ފެލިވަރު މަސް ފެކްޓަރީ އިތުރަށް ބޮޑުކުރަން މިހާރު ވެސް ޖެހިފައިވާކަން ފާހަގަ ކުރައްވަމުން އަމްރު ވިދާޅުވީ މިފްކޯ އަށް ގެއްލުންވާ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގައި މަސް ބަންދުކޮށް ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީ ނެތި ތައިލެންޑަށް އެކްސްޕޯޓު ކުރަން ޖެހުމުން ނުއަގުގައި ވިއްކަން ޖެހުންކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، އެންމެ ފުރަތަމަ ކަމަކީ މަސްވެރިން ގެންނަ މަސް ގަނޑު ކުރެވޭނެ ގޮތާއި ގަނޑުކޮށްފައި ސްޓޯ ކުރެވޭނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަމާޒަކީ ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި ބަންދުކޮށް ވިއްކުން ކަމަށްވެސް އަމްރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355