twitterviber whatsapp telegramfacebookyoutube instagram
20th February 2020

ހޭންޑް ފުޓް އެންޑް މައުތް ޑިޒީސް ހަލުވިކަމާއެކު ފެތުރެނީ

ޚަދީޖާ އާދަމް
Sep 18, 2019

ހޭންޑް ފުޓް އެންޑް މައުތް ޑިޒީސް ނުވަތަ އަތާއި ފަޔާއި އަނގައިގައި ބިހި ނަގާ ބަލި ބާރަށް ފެތުރެން ފަށައިފި އެވެ. މިއީ "އެންޓެރޯ ވައިރަސް" ނަމަކަށް ކިޔާ ވައިރަހަކުން ގައިން ގަޔަށް ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ އަތާއި ފަޔާއި އަނގައިގެ ބިހިތައް ނަގާ ބަލި ވަރަށް ބާރަށް ފެތުރެމުންދާ ކަމަށާއި އެ ބަލި ފެންނަމުންދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެ ގޮތުން އެ ބަލި އާންމުކޮށް ޖެހޭނީ 10 އަހަރުން ދަށުގެ ކުދިންނަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.

އަދި އަލާމާތްތައް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށް ޑރ ފައިސަލް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުދިން ކުޅޭ އެއްޗެއްށާއި ދޮރުގެ އަތްގަނޑު ފަދަ ގިނައިން އަތް ޖެހޭ ތަންތަން ގިނައިން ސާފުކުރުމަށްވެސް އިލްމާސްކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355