twitterviber whatsapp telegramfacebookyoutube instagram
17th October 2019

ތަރައްގީއާ ގުޅޭ 77 މަޝްރޫއެއް 67 ރަށެއްގައި އަލަށް ފެށިގެން ކުރިއަށް އެބަދޭ: ރައީސް

އަބްދުލް ވާހިދު ޙަސަން
Sep 19, 2019
1

މިސަރުކާރުން އައި ފަހުން ރާއްޖޭގެ 67 ރަށެއްގައި ތަރައްގީއާ ގުޅޭ 77 މަޝްރޫއުއެއް އަލަށް ފެށިގެން ކުރިއަށްދާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް އިބުރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެކި ރަށްރަށުގައި ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލް ހާމަކުރައްވާފަ އެވެ.

އެގޮތުން ރައީސް ވިދާޅުވީ 6 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް އަމަލީގޮތުން ފެށިގެން ކުރިއަށްދާއިރު 21 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ. އަދި މިހާރު ހަތަރު މިސްކިތެއްގެ އަމަލީ މަސައްކަތް ފެށިގެންކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

6 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު ދެ ރަށެއްގެ މަގު ހެދުމުގެ ކޮންޓްރެކްޓް މިހާރު ވާނީ ކުރެވިފައިކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް 20 ރަށެއްގައި ކޮންޓްރެކްޓް ހަވާލުކުރެވި، އިތުރު 14 ރަށެއް އެގްރިމެންޓްގައި ސޮއިކުރުމަށް ތައްޔާރުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ނޮވެމްބަރުމަހު މަދުވެގެން 20 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އިތުރު ބައެއް މަޝްރޫއުތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 12 ސްކޫލެއްގެ ކުލާސްރޫމްތައް އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާ، އޭގެ އިތުރުން ހަތަރު ރަށެއްގައި ކުލާސް ރޫމް ހެދުމަށް ވަނީ ހަވާލުކުރެވި، ސްކޫލުތަކާ ގުޅުން ހުރި ޖުމްލަ 35 މަޝްރޫއުއެއް ނޮވެމްބަރުމަހު ފެށިގެންދާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށް އެކި ރަށްރަށަށް 53 ޖަނަރޭޓަރު ފޮނުވިފައިވާނެ ކަމަށެވެ. އެ މަޝްރޫއުތަކަށް ސަތޭކަ ފަންސާސް މިލިއަނަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި 16 ރަށެއްގެ އިންޖީނުގެ ހުރިތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355