twitterviber whatsapp telegramfacebookyoutube instagram
17th October 2019

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހދ އަތޮޅު ޗެމްޕިއަންކަން ނައިވާދޫ

ނަބީލާ އިސްމާޢީލް
Sep 29, 2019

ގޯލްޑެން ފުޓްސަލް ޗެލެންޖް މި އަހަރުގެ ހދ އަތޮޅު ޗެމްޕިއަންކަން ހދ ނައިވާދޫ ކާމިޔާބުކޮށްފި އެވެ.

މުބާރާތުގެ ފައިނަލްގައި ރޭގައި ކުޅުނު މެޗުގައި މަކުނުދޫ އާއި ނައިވާދޫ ބައްދަލުކޮށް 1-5 ގެ ނަތީޖާ އަކުން ނައިވާދޫ ވަނީ މެޗު ކާމިޔާބު ކޮށް ހދ އަތޮޅުގެ ޗެމްޕިއަންކަން ކާމިޔާބު ކޮށްފައެވެ.

މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ނައިވާދޫ ޓީމްގެ މުހައްމަދު އަސްލަމް ހޮވިފައިވާއިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަމަ މި ޓީމުގެ އަހުމަދު ހަމީދެވެ.

ހުޅުމާލޭ ރެހެންދީ ޓާރފު ދަނޑުގައި ކުރިއަށް ދިޔަ މި މުބާރާތުގައި ހދ އަތޮޅުން ހަތް ޓީމެއް ބައިވެރިވިއެވެ. އެއީ ކުޅުދުއްފުށި ނެއްލައިދޫ މަކުނުދޫގެ އިތުރުން ކުމުންދޫ ނޭކުރަންދޫ އާއި ނައިވާދޫ އަދި ނޮޅިވަރަމްފަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355