twitterviber whatsapp telegramfacebookyoutube instagram
17th October 2019

ނެޓްބޯޅަ މުބާރާތް ކޭވައިއާރުސީ ކާމިޔާބުކޮށްފި، އެންމެ މޮޅު ކުންތެރިޔަކަށް ރާޝިދާ

ނަބީލާ އިސްމާޢީލް
Oct 1, 2019

ސެޕްޓެމްބަރުމަހު ކުރިއަށް ދިޔަ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތް ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރިއޭޝަން ކުލަބު (ކޭ.ވައި.އާރު.ސީ) ކާމިޔާބުކޮށްފި އެވެ.

ކޭވައިއާރުސީ ފައިނަލަށް ގޮސްފައިވަނީ ކުޅެވުނު ހުރިހާ މެޗަކުންވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެނެވެ. އަދި ފައިނަލްގައި ޒެނިތް ސްޕޯޓްސް ކުލަބާ ބައްދަލުކޮށް 34-55 ފޮއިންޓުން މޮޅުވެގެންނެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ދަރިއެއް ކަމަށްވާ ކޭވައިއާރުސީގެ ގޯލް އެޓޭކް ރާޝިދާ މޫސާ އެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ:

  • ރާޝިދާ މޫސާ (ކޭ.ވައި.އާރު.ސީ)
  • އާމިނަތު ރަބާބު އިބްރާހިމް (ކޭ.ވައި.އާރު.ސީ)
  • މަރިޔަމް ޝިނާތު (ކޭ.ވައި.އާރު.ސީ)
  • މަރިޔަމް އަޝްފާ (ޒެނިތު ސްޕޯޓްސް ކުލަބް)
  • މަރިޔަމް މަނާލް (ޒެނިތު ސްޕޯޓްސް ކުލަބް)
  • އަދާ އާމިރު (ކުލަބް މެޓްރިކްސް)
  • އާމިނަތު ޝަރުމާ (ސްޕޯޓްސް ކުލަބް ސްކައިލަރކް)

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރ މަހު 18 ން 30 އަށް މާލޭ ސޯސަލް ސެންޓަރުގެ އިންޑޯ ކޯޓުގައެވެ. މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ ޖުމްލަ 7 ޓީމަކުންނެވެ.

ކޭވައިއާރުސީ ވަނީ މި އަހަރު ބޭއްވުނު ގައުމީ މުބާރާތުގައި ވެސް ރަނަރަޕްކަން ހޯދާފައެވެ. އަދި މި ކުލަބަކީ އެކި އެކި ކުޅިވަރުތަކުގައި ބައިވެރިވެ ކާމިޔާބީ ހޯދަމުން އަންނަ ކުލަބެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355