twitterviber whatsapp telegramfacebookyoutube instagram
20th February 2020

މަންޓާ އެއާގެ ސީޕްލޭންތައް ރާއްޖެއަށް މިސްރާބު ޖަހައިފި

ބަދުރުއްދީން ޙަސަން
Oct 4, 2019
2

މަންޓާ އެއާގެ މޫދަށް ޖައްސާ މަތިންދާ ބޯޓުތައް މިހާރު ވަނީ ރާއްޖެ ގެނައުމުގެ މަގުމަތީގައި ކަމަށް އެއާލައިން އިން ބުނެފި އެވެ.

މިއަހަރު ކުރީކޮޅު ރާއްޖޭގައި އޮޕަރޭޓް ކުރަންފެށި، އަދި އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ، މަންޓާ އެއާ އިން މިހާރު ވައިގެ ދަތުރުތައް ކުރަނީ އެއާޕޯޓްތަކަށް ކަމުގައި ވިޔަސް، އެކުންފުނިން ސީޕްލޭން އޮޕަރޭޝަންގެ ތެރެއަށް ވަނުމަށްނިންމާ ރާއްޖެ ގެންނަ، ފުރަތަމަ 2 ސީޕްލޭން ރާއްޖެ އައުމަށް މިހާރު ވަނީ ފުރާފައެވެ. މިއީ ކެނެޑާގެ ކަލްގަރީ އިން ފުރައިގެން ރާއްޖެ އާހަމައަށް ކުރާ 16،000 ކިލޯމީޓަރުގެ ދިގު ދަތުރެކެވެ. މިދަތުރުގެ ތެރޭގައި 7 މަންޒިލެއްގައި ޖައްސާނެ އެވެ.

މަންޓާއަށް ގެންނަ 2 ސީޕްލޭން ރާއްޖެއަށް ފޯރާނީ އޮކްޓޯބަރު 10 ގައެވެ. މިއީ ޑީއެޗް-6 ޓްވިން އޮޓާ މަރުކާގެ 2 ބޯޓެކެވެ. އޮކްޓޯބަރު މަސް ނިމުމުގެ ކުރިން، މީގެ އިތުރު 3 ބޯޓު ރާއްޖެ ގެންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 10 ސީޕްލެއިން މަންޓާގެ ފްލީޓް ތެރެއަށް އިތުރުކޮށް ސީޕްލޭން އޮޕަރޭޝަންސް އެންމެ ފުރިހަމަ ގޮތުގައި ދޭންފަށާނެ ކަމަށް މަންޓާ އެއާ އިން ބުނެއެވެ.

"މިއީ މަންޓާ އެއާއަށް ހާސިލް ކުރެވުނު ވަރަށް ހާއްސަ ލަނޑުދަނޑިއެއް. އަޅުގަނޑުމެންގެ ސީޕްލޭންތައް މިހާރު އެހުރީ އައުމުގެ މަގުމަތީގައި. ވަރަށް އަވަހަށް ކަސްޓަމަރުންނަށް ޑޮމެސްޓިކް ފްލައިޓްތަކުން އެލިބޭ ފުރިހަމަ އަދި ތަފާތު ހިދުމަތް ސީޕްލޭންތަކުން ވެސް ލިބިގެންދާނެ." މަންޓާ އެއާގެ ސީއީއޯ މުޙައްމަދު ޚަލީލް މައުލޫމާތު ދެއްވި އެވެ.

މަންޓާ އެއާ އަކީ މިއަހަރު ހިދުމަތް ދޭންފެށި އެއާލައިންއެއް ކަމުގައި ވިޔަސް އެ އެއާލައިންއިން ވަނީ އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައެވެ. ކުރިއާލާ ޝެޑިއުލް އާއްމުންނަށް ހިއްސާ ކުރުމާއި ޝެޑިއުލްއާ އެއްގޮތައް ޑިލޭއެއް ނެތި ދަތުރު ކުރާނެކަމުގެ ޔަގީން ކަމާއެކު ދަތުރުކުރާ މީހުންގެ އިތުބާރު މަންޓާއަށް ވަނީ ލިބިފައެވެ.

މަންޓާ އިން މިހާރު ދަތުރު ކުރަނީ ދަރަވަންދޫ އަދި ކުޑަހުވަދޫ އެއާޕޯޓަށެވެ. އެކުންފުނިން ގެންގުޅެނީ އޭޓީއާރު 600-72 މަރުކާގެ 3 ބޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355