twitterviber whatsapp telegramfacebookyoutube instagram
20th February 2020

ބީއެމްއެލް އިން 60 މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Oct 7, 2019

ރާއްޖޭގެ އެކިސަރަހަށްދުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ 60 މީހަކަށް ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް ) އިން ވީލް ޗެއާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ހަދިޔާކުރި މޮޓަރައިޒްޑް ވީލް ޗެއާ އަކީ އަހަރެންގެ ބޭންކް ޕްރޮގުރާމްގެ ދަށުން ހިނގާ ބިނގާވެ އުޅުމަށް ދަތި ފަރާތް ތަކަށް ދިން ހަދިޔާއެކެވެ. މިދިޔަ އަހަރު ވެސް ބީއެމްއެލް އިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ 76 ފަރާތަކަށް ވީލްޗެއާ ހަދިޔާކޮށްފަ އެވެ.

މި ޕްރޮގުރާމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާވިދާޅުވީ މުޖުތަމައު އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމަށާއި ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮބަދަލު ގެނެސްދެވިފައިވުމަކީ އެ ބެންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބޭންކުން އެހީދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355