twitterviber whatsapp telegramfacebookyoutube instagram
17th October 2019

ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމު ފަށައިފި

Oct 7, 2019

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީއިން ހިންގަމުން ގެންދާ ޔަންގް ލީޑާސް ޓްރެއިނިންގ ޕްރޮގްރާމް ފޮރ މޯލްޑިވްސް އިއްޔެ ފަށައިފި އެވެ.

މިއަހަރު އޮކްޓޯބަރ މަހުގެ 6-24 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިއަހަރު އަމާޒުކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން މިޕްރޮގްރާމްގެ ބައިވެރިން 5 އޮކްޓޯބަރ ގައި ވަނީ ޖާޕާނަށް ދިއުމަށް ފުރާފައެވެ.

މިޕްރޮގްރާމްގައި ފުވައްމުލައް، ރ. ފައިނު، ތ. ކަނޑޫދޫ، ފ. ދަރަނބޫދޫގެ އިތުރުން މި މިނިސްޓްރީން ހަނިމާދޫގައި ގާއިމްކޮށްފައިވާ އެގްރިކަލްޗަރ ސެންޓަރުގެ މުވައްޒަފެއް ބައިވެރިވެއެވެ.

މިޕްރޮގްރާމްގައި ކިޔަވާދޭ ބައިތަކުގެ ތެރޭގައި:

- ޖަޕާނުގެ ރަށްފުށުގެ ތަރައްޤީގައި ދަނޑުވެރި ގްރޫޕްތަކުގެ ދައުރާއި ޖަޕާނު ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިދާރީ ހިންގުމުގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުގެ އަސާސީ

މައުލޫމާތުތައް.

- ރަށްފުށުގެ ތަރައްޤީގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ޖަޕާނުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަތުމާއި އެފަދަ އިޖްތިމާޢީ މަސައްކަތްތައް ކުރިއަށްދާގޮތް އަމިއްލައަށް ތަޖުރިބާކުރުން.

- ޖަޕާނަށް ކުރާ މިދަތުރުން ދަސްވި ކަންކަމުގެ ތެރެއިން ރާއްޖޭގެ ރަށްފުށު ތަރައްޤީގައި ބޭނުން ހިފޭނެ ކަންތައްތައް ދެނެގަނެ އެކަންކަން އަމަލީގޮތުން ކުރިއަށް ގެންދިއުމަށް

އެކްޝަން ޕްލޭންއެއް އެކުލަވާލުން ހިމެނެއެވެ.

މިޕްރޮގްރާމަކީ ލާމަރުކަޒީ އުސޫލުން ޕްރޮގްރާމްތައް ބައްޓަންވެ ދަނޑުވެރިންނާއި ކައިރިން ހިދުމަތްތައް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355