twitterviber whatsapp telegramfacebookyoutube instagram
17th October 2019

އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބިލިއަނަކަށް ވުރެން ގިނަ ރުފިޔާ ދައްކައިފި

ނަބީލާ އިސްމާޢީލް
Oct 9, 2019

ވެރިކަމާއި ހަވާލުވިފަހުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަނަށްވުރެން ގިނަ ރުފިޔާ މިހާތަނަށް ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އާމިރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ޕްރޮޖެކްޓްތައް ހިންގާފައި ހުރި ގޮތުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރިކަމަށެވެ.

ބައެއް ފަރާތްތަކުން ބޭރު ގައުމުތަކުގެ އާބިޓްރޭޝަންތަކަށްވެސް މައްސަލަތައް ހުށަހަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އާބިޓްރޭޝަނަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ދިވެހި ސަރުކާރުން ދައްކަންޖެހޭ ފައިސާ އެފަރާތްތަކަށް ދައްކާފައިވާކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ބަދަލުދީފައިވާ ފަރާތް ތަކުގެ ތެރޭގައި ރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރި މެލޭޝިޔާގެ ނެކްސްބިޒް ކުންފުނި ހިމެނެއެވެ. އެކުންފުންޏަށް ބަދަލުގެ ގޮތުގައި ވަނީ 18.1 މިލިއަން ޑޮލަރު ނުވަތަ 280 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ.

މީގެ އިތުރުން ޑަބްލިޔު އެލް ޓީ ކުންފުންޏާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމަކާ ހިލާފުވެގެން ބަދަލެއްގެ ގޮތުގައި ދައްކަންޖެހުނު 5.6 މިލިއަން ޑޮލަރުވެސް ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މިކުންފުނިތަކުގެ އިތުރުންވެސް ކޯޓު ހުކުމްތަކާއި ސަރުކާރުން ކޮންޓްރެކްޓަރުން ލައްވާ ކުރުވާފައިވާ މަސައްކަތްތަކަށް ފައިސާ ނުދައްކައިގެން ސަރުކާރުން މިހާތަނަށް 1 ބިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކަށް ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިނިސްޓަރ ވިދާޅުވި އެމްއާރުޑީސީ އުވާލުމާ ގުޅިގެން ދައްކަންޖެހޭ ފައިސާތަކެއް އެބައިން ކަމަށާއި މިހާތަނަށް ލިކުއިޑޭޝަންގައި އެމްއާރުޑީސީ އޮތީ ކުރީގެ ސަރުކާރުތަކުން އެމްއާރުޑީސީ މެދުވެރިކޮށް ކޮންޓްރެކްޓަރުން ލައްވާ މަސައްކަތް ކޮށްފައި ފައިސާ ނުދައްކާ އެބަހުރިކަމަށެވެ. އެމްއާރުޑީސީގެ މަސައްކަތް ތަކަށްވެސް 26.1 މިލިއަން ރުފިޔާ ދައްކަންޖެހުނު ކަމަށާއި ސުނާމީ ހާލުގައި ޖެހުނު ފަރާތްތަކަށް ދިން ލޯނުތައް މައާފްކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން 15.2 މިލިއަން ރުފިޔާގެ ލޯނު މައާފްކޮށްފައި ވެއެވެ. މީގެ އިތުރުން 7.1 މިލިއަން ރުފިޔާ ސުޕްރީމް ކޯޓުން ނިންމި މައްސަލައަކާ ގުޅިގެން ދައްކާފައިވާ ކަމަށެވެ. މީގެ އިތުރުން ނޫމަޑި ސެޓްލްމަންޓް އެގްރިމަންޓަށް ވާނީ ފައިސާ ދައްކާފަކަމަ ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355