twitterviber whatsapp telegramfacebookyoutube instagram
19th January 2020

ސިއްހީއެތައް މައްސަލައެއް، ބޭނުންވަނީ ދީލަތި އެހީ

ޚަދީޖާ އާދަމް
Oct 10, 2019
2

މާލެއަށް އުފަން އުމުރުން 30 އަހަރުގެ އަހުމަދު ސުޖާއުއަކީ އެތަކެއް ސިއްހީ މައްސަލަތަކެއް ދިމާވެފައިވާ އެކަމުގެ ވޭނުގައި އެންމެ ކުޑައިރުސުރެއްވެސް އުޅެމުން އަންނަ ފަރާތެކެވެ.

އެތައް ފަހަރެއްގެ މަތިން ޑޮކްޓަރުންނަށް ދައްކާ ސުޖާއުގެ ސިއްހި މައްސަލަތަކަށް ހައްލެ ހޯދުމަށް އެ އާއިލާއިން ދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ކޭއޯއަށް ދިން އިންޓަވިއުއެއްގައި ސުޖާއު ގެ އަންހެނުން ޝަރުމީލާ ބުނިގޮތުން ކުޑައިރުންސުރެން މައިބަދައިގައި ރިއްސާތީ އުޅޭކަމަށާއި އެގޮތުން އެމް. އެޗް އިން ޓެސްޓުތައް ހަދާ އެމް. އާރް. އައި އަދި ސީ.ޓީ ސްކޭން ހެދުމުން މައިބަދައިގައި ފެންހެދި ސިކުނޑީގައި ވަނީ ލޭކޮޅެއް ގަނޑުވެފައިވާކަން އެނގުނު ކަމަށެވެ.

މީގެ އިތުރުން ސުޖާއު ގައިގާ ފިއްގަނޑުތަކެއް ނަގާ ގައިގަ ރިއްސާ ނެވާޔަށް އުނދަގޫވެ ކަންތައް ވާތީ ޑޮކްޓަރަށް ދެއްކުމުންވެސް އެދެވޭ ހައްލެއް ލިބިފައިނުވާކަމަށާއި އެކި ޑޮކްޓަރުން ދެނީ އެކި ޖަވާބު ކަމަށްވެސް ޝަރުމީލާ ބުންޏެވެ. އެއްބައި ޑޮކްޓަރުން ލޭ ގައި ޖަރާސީމު ހުރިކަމަށް ބުނި އިރު އަނެއް ޑޮކްޓަރުން ބުނަނީ އެހެންދިމާވަނީ އެލާޖިކެއްގެ ސަބަބުންކަމަށް ބުނިކަމަށެވެ.

އެއަށްފަހުން ބަނޑުގައި ރިއްސާތީ އޭޑީކޭއަށް ދެއްކުމުން އެނގުނު ގޮތުގައި ލިވާރ ގައިވެސް މައްސަލަތަކެއް އުޅޭ ކަމަށާއި ނަމަވެސް އަތާ ފައި އައްސިވެ ދުޅަވަނީ ކީއްވެގެން ކަމެއް އެނގިފައި ނުވާކަމަށް ޝަރުމީލާ ބުންޏެވެ. އަދި ގިނަ ފަހަރު ޑޮކްޓަރަށް ދެއްކުމުން ދެނީ އެންޓިބައޮޓިކް ފަދަ ބޭސްތައް ކަމަށާއި އެ ބޭސްތަކުން ސުޖާއުއަށް އެއްވެސް ލުއެއް ނުލިބޭކަންވެސް ފާހަގަ ކުރިއެވެ.

ފަހުންވެސް ބަލި ހާލާތު މާ ގޯސްވުމުން ޑޮކްޓަރަށް ދެއްކިމުންވެސް އެއްވެސް ކުރިއެރުމެއް ނުލިބުންކަމަށް އެ އާއިލާއިން ބުނެ އެވެ.

އެގޮތުން ލިވާގެ ޓެސްޓާއި ނާރުގެތަކެއް ހެދުމަށް ރައްޖޭން ބޭރަށް ދިއުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާތީ މި ވަގުތު އެ އާއިލާ ތިބީ ރާއްޖޭން ބޭރުގައެވެ. އެކަމަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް މަޑުކުރަން ޖެހޭނީ ކިހާދުވަހެއް ކަމެއް ނޭނގޭތީ އެ އާއިލާއިން ވަނީ ދީލަތި އެހީއަށް ބޭނުންވެފައެވެ.

ޝަރުމީލާ ބުނީ ފިރިމީހާއަށް ލިބޭ އެއްޗަކުން އާއިލާއެއްބަލަހައްޓަމުން ދާމީހެއްކަމުން ބަލި ހާލަތު ހުރި ގޮތުން ރަނގަޅަށް ވަޒީފާއެއް އަދައެއް ނުކުރެވެއެވެ. އެހެން ކަމުން މަހަކު ހަމަ މުސަރަ ނުވެސް ލިބޭ ކަމަށެވެ.

އެކައުންޓް ނަން: ޝަރުމީލާ އާދަމް

އެކައުންޓް ނަމްބަރު (ރުފިޔާ): 7704441020101

ގުޅޭނެ ނަމްބަރު: 9818778

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355