twitterviber whatsapp telegramfacebookyoutube instagram
17th February 2020

ޓޮމް ތަފާތު ރޯލަކަށް، ބޯ ވެސް ބާލައިފި

ޚަދީޖާ އާދަމް
Oct 9, 2019

ޓޮމް ހޮލެންޑް މިހާރު މައްސަކަތް ކުރަމުންދަނީ އެވެންޖާސް:އެންޑްގޭމް ގެ ޑައިރެކްޓަރުން ކަމަށްވާ އެންތޮނީއާ ޖޯއީ ރުސޯގެ "ޗެރީ" ގައެވެ.

ސްޕައިޑާ މޭންގެ ރޯލުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޓޮމް މި ފިލްމުގެ ކެރެޓާއަށް ތައްޔާރުވުމުގެ ގޮތުން ދާދި ފަހުން ވަނީ އޭނާގެ ބޯވެސް ބާލާފަ އެވެ. އެގޮތުން އޭނާ އެ ފިލްމުގައި ކުޅޭނީ ޑްރަގް އެޑިކްޓެއްގެ ރޯލެވެ.

ނަމަވެސް މި ފިލްމާއި ބެހޭގޮތުން މާ ބޮޑު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު މި ފިލްމަކީ ހަމަ އެނަމުގައި ނިކޯވާރ ލިޔެފައިވާ ވާހަކައަށް ހަދާ ފިލްމެކެވެ. މިއީ އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމަކަށް ވާއިރު ނިކޯ މިވަގުތުވެސް ހުރީ ޖަލުގައެވެ.

މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355