twitterviber whatsapp telegramfacebookyoutube instagram
20th February 2020

ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކުރާނެކަމަށް ރާއީ ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Oct 9, 2019

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކުރާނެކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރުތަކަށް ބަހުސް ކުރައްވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، 2019 ގައި އޮންނަ ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނޫ ވީހާވެސް އަވަހަކަށް އައުމަކީ ކައުންސިލަރުންނާއި އެމްޑީޕީއަށް މިހާރު އަންނަ ތިބި ކައުންސިލަރުންގެވެސް ވަރަށް ބޮޑު އުންމީދެއް ކަމަށް ރާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޖެންޑާ 19 އިން ލާމަރުކަޒީ ގާނޫނޫ ގެންނާނެކަން އިދިކޮޅު ފަރާތްތަކަށްވެސް އެނގޭނެ ކަމަށާއި މި ގާނޫނު 19 ވަނަ މަޖިލީހުން ނިންމާނެ ކަމަށެވެ.

"ހަމަ މި ގޮތަށް އަޅުގަނޑުމެންނާއި އިދިކޮޅު ފަރާތްތަކުންވެސް މި ގާނޫން އަޅުގަނޑުމެން ގެންނާނެކަން އެނގޭ. މިކަން ކުރާނެކަން އެނގޭ އެޖެންޑާ 19 މަޖިލީހުން މިކަން ނިންމާނެ. އެ މީހުންވެސް ތިބީ މިކަމަށް ވަރަށް ބޮޑަށް ފެންބޮވައިގެން." ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ހަމައެގޮތަށް ދައުރުވެސް ދަންމާލަން ޖެހޭ ކަމަށާ އޭގެ އިތުރުން ރަށްރަށުގައި ހުރި ބާރުވެރިކަން ރަށްރަށަށް ދޭން ޖެހޭކަމަށެވެ. ރަށެއްގައި ކިތަމެއް ކުޑަކަމެއް ކުރަން ޖެހުނަސް މާލޭއަށް ގުޅަން ޖެހުނު ދުވަސްތައް މިދިޔަ ސަރުކާރުތަކުންވެސް ފެނިގެންދިޔަ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަރުތީބު ކުރެވިގެން ފަހަރަކު ކަމެއް އަޅުގަނޑުމެން މިތަނަށް މި ގެންނަނީ އެޖެންޑާ 19 އާއި ސަރުކާރުގެ ސިޔާސަތުތަކާއި އަޅުގަނޑުމެންނަށް އޮޅިގެންނެއް ނޫޅެން. އެ އެއްޗެހި ވަކި ތަރުތީބަކުން ގެނެސް ތަންފީޒް މިކުރަނީ. އެހެންވީމައި އަޅުގަނޑުމެން ފުރިހަމަ ޔަގީންކަށް އެބައޮތް ފަސްއަހަރުގެ ދައުރެއްގައި އެޖެންޑާ 19 ގައި ހުރި ކަންތައް ސަރުކާރުގެ ސިޔާސަތުތައް ހަމަ ބަރާބަރަށް ތަންފީޒު ވެގެންދާނެ." ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ 2023 ގައިވެސް އެމްޑީޕީގެ ސަރުކާރެއް އަންނާނެ ކަމީ ޔަގީންވެ ކަށަވަރުވާ ކަމެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ލާމަރުކަޒުކުރެވިގެންދާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކީ ރާއްޖެއަށް ފާގަތި ދުވަސްތަކަކަށް ވެގެންދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355