twitterviber whatsapp telegramfacebookyoutube instagram
19th January 2020

ޖޯލީއާއި ބްރެޑް މުދާ ބަހާނެގޮތާމެދު ބަހުސަކަށް

ޚަދީޖާ އާދަމް
Oct 10, 2019

ގިނަ ބަޔަކު ހައިރާންކޮށްލި ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ވަރީގެ މައްސަލަ އަދިވެސް ކޮޅެއްގައި ޖެހިފައިނުވާ އިރު މިހާރު ކުރެވެމުންދާ ބަހުސަކީ އެ ދެމީހުން އެކުގައި ހޯދި މުދާ ބަހާނެގޮތަކާއި މެދުއެވެ.

މީގެ ކުރިން ދަރިންގެ ކަސްޓަޑީގެ މައްސަލަވެސް ގިނަ ދުވަސްތަކަށް ކޯޓުގައި ދެމިގެން ދިޔައިރު މުދަލުގެ މައްސަލާގައި އެ ދެމީހުންވެސް ވަނީ ކޯޓުގައި އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެފައެވެ.

އެގޮތުން ކޯޓުގައި ބްރެޑްވަނީ އެ މައްސަލައަށް ޕްރައިވެޓް ޖަޖެއް ހަމަޖައްސައި ދިނުމަށް އެދި ލިޔެކިއުންތައްވެސް ހުށައަޅާފަ އެވެ. އަދި ޖަޖުގެ ފީ އެ ދެމީހުން އަދާކުރާނަމަ އެކަމުގައި މައްސަލައެއް ނެތްކަމަށްވެސް ކޯޓުން ވަނީ އަންގާފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި އެދެމީހުން އެއްގަލަކަށް ނޭރިގެން އުޅެނީ 2011 ވަނަ އަހަރު ދެމަފިރިން އެކުގައި ފްރާންސް އިން ގަތް ވައިނަރީގެ މައްސަލާގައެވެ. އެތަނުގެ އަގަކީ 60 މިލިއަން ޑޮލަރުކަށް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކުގައި ގިނަދުވަސްތަކެއް ވަންދެން އުޅުމަށްފަހު ޖޯލީއާއި ޕިޓް ކައިވެނިކުރީ 2014 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355