twitterviber whatsapp telegramfacebookyoutube instagram
22nd February 2020

އަންހެން ކުދިންގެ ދުވަހު މޭގަންގެ ހާއްސަ މެސެޖެއް

ޚަދީޖާ އާދަމް
Oct 12, 2019

އަންހެން ކުދިން ބާރުވެރިކުރުމާއި އެކުދިންގެ އަގުވަޒަން ކުރުމާއި ބެހޭގޮތުން ކުރީގެ ފިލްމީތަރި އަދި މިހާރު އިގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަބަލުން މޭގަން މާކަލް ވާހަކަފުޅު ދައްކަވައިފި އެވެ.

ބައިނަލްއަގުވާމީ އަންހެން ކުދިންގެ މުނާސަބަތާއި ގުޅިގެން ޝާހީ އާއިލާގެ ރަސްމީ އިންސްޓަގްރާމް ގައި ހިއްސާކޮށްފައިވާ މޭގަންގެ ވާހަކާގައި ބުނެފައިވަނީ ކޮންމެ ކުއްޖަކީވެސް ހުނަރެއް ލިބިފައިވާނެ ކުއްޖެއްކަމަށާއި އެފަދަ ކޮންމެ ހުރަނެއްވެސް ދަސްކުރުމުގެ ފުުރުސަތު އަންހެން ކުދިންނަށް ލިބިދޭންޖެހޭނެ ކަމަށެވެ.

އަދި އާ ކަންކަން ދަސްކޮށް، ކަންކަން ހޯދާބެލުމުގެ ހައްގުވެސް އަންހެން ކުދިންނަށް ލިބިދޭން ޖެހޭކަމަށްވެސް މޭގަން ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ އަންހެން ކުއްޖަކުވެސް ފަސްނުޖެހި ކުރިއަށް ދިއުމަށް އެދިފައި ވެއެވެ.

އަންހެން ކުދިންގެ ދުވަހަކީ އޮކްޓޯބަރ މަހު ގެ 11 ވަނަ ދުވަހެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރާ ދުވަހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355