twitterviber whatsapp telegramfacebookyoutube instagram
21st November 2019

އުރީދޫ ކަލަރ ރަންއާއެކު ނޮވެމްބަރ 29 އަދި 30 ހާއްސަ ހަރަކާތްތަކެއް

ޚަދީޖާ އާދަމް
Oct 16, 2019

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ކަލަރ ރަންގެ ފޯރިގަދަކަން އިތުރުކޮށް ނޮވެމްބަރ 29 އަދި 30 ވާ ހަފްތާ ބަންދަށް ވަރަށް ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް އުރީދޫއިން ނިންމައިފި އެވެ.

އެގޮތުން 29 ވަނަ ދުވަހު ހެނދުނު އަދި ހަވީރު އެކި ކުޅިވަރުތައް ރާވާފައިވާއިރު އެ ދުވަހު ހެނދުނު 8 ން 10 އަށް އުރީދޫ މޫދު މަޖާގެ ނަމުގައި ހާއްސަ މޫދުކުޅިވަރުގެ ހަރަކާތެއް އޮންނާނެ އެވެ. ހަމައެހެންމެ، އުރީދޫގެ ކެފޭ ޕާޓްނަރުންގެ ސްޓޯލްތަކުގައި ތަފާތު ކާތަކެތީގެ އިތުރުން ޒަމާނުއްސުރެ ދަތުރުގޮސް ދިވެހިން ކައިއުޅޭ އަނބު މަޖާ އާއި މަސްކާށިވެސް ލިބެން ހުންނާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އަދި ހަވީރު އުރީދޫ ގުޑި މަހާސަމާގައި މަޑި އެރުވުން، މަޑި ހެދުމުގެ ވޯކްޝޮޕްތަކާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް އޮންނާނެއެވެ. އަދި ޕާޓްނަރުންގެ ޚާއްސަ ސްޓޯލެއް ހިމެނޭއިރު މި މުބާރާތްތަކުގައި އަދި ވަރކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރިން ރަޖިސްޓަރ ވާން ނުޖެހޭނެކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫ ކަލަރ ރަން 30 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރު 3.30 - 6.00 ބޭއްވުމަށް ހަމަޖެހިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ކަލަރ ރަންގައި ބައިވެރިވެ މެޑަލް ލިބިގެންދާނީ ރަޖިސްޓަރ ކުރައްވާފައިވާ ދުވުންތެރިންނަށެވެ. އެހެންނަމަވެސް މި ދުވުމުގެ ފޯރީގައި ބައިވެރިވުމަށް ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް ހުދު ޓީޝާޓެއް ތުރުކުރައްވައިގެން އުރީދޫ ކަލަރ ރަން ތަޖުރިބާކޮށްލެވޭނެއެވެ.

30 ވަނަ ދުވަހުގެ ރޭ ކަލަރ ރަން މިއުޒިކް ފެސްޓިވަލް އޮންނަ އިރު މި ހަރަކާތުގައި ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ތަރިން ބައިވެރި ވާނެއެވެ. މިފަހަރުގެ މިއުޒިކް ޝޯގައި ހަބޭސް ބޮޑުބެރު، މޫޝާން، އަދި ޒަކިއްޓެ ފަދަ މަގްބޫލު އާޓިސްޓުން ފެންނާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ މޫދު މަޖާ، ގުޑި މަހާސަމާ، ކަލަރ ރަން އަދި މިއުޒިކް ފެސްޓިވަލް އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތައް ނުވަތަ ވެބްސައިޓަށް ޒިޔާރަތް ކުރަށްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355