twitterviber whatsapp telegramfacebookyoutube instagram
21st November 2019

ސީރިއާގައި ކުރާ ހަނގުރާމާގައި ދިވެހިން ބައިވެރިވާކަށް ނުޖެހޭ: ރައީސް

އަބްދުލް ވާހިދު ޙަސަން
Oct 16, 2019
1

ސީރިއާގައި ކުރާ ހަނގުރާމައަކީ ޓެރަރިސްޓް ހަނގުރާމައެއް ކަމަށާއި އެ ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބައިވެރިވާން ނުޖެހޭކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދ ހުޅުދެލީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ސީރިއާ އާއި އަފްގާނިސްތާނުގައި ކުރާ ހަނގުރާމަތަކަކީ ދުނިޔެ ގަބޫލުކުރާ ހަނގުރާމަތަކެއް ނޫން ކަމަށާއި އެއީ ޓެރަރިސްޓް ހަނގުރާމަތަކެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުޖެހޭ ސީރިއާއަށް ގޮސް ހަނގުރާމަކުރާކަށް. އެއީކީއެއް ދިވެހިން ކުރަން ޖެހޭނެކަމެއް ނޫން. ސީރިއާގައި އަފްގާނިސްތާނުގައި އެކުރާ ހަނގުރާމަތަކަކީ ޓެރަރިސްޓް ހަނގުރާމަ ދުނިޔެ ބަލަގަންނަ ހަނގުރާމަތަކެއް ނޫން އެއީ." ރައީސް ވިދާޅުވި އެވެ.

ދާދި ފަހުން ސަރުކަރުން ވަނީ އެންޓި-ޓެއަރިޒަމްގެ ގާނޫނަށް އިސްލާހްތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ އިސްލާހުތަކުގެ ބޭނުމަކީ ރާއްޖޭގައި އޮތް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމެއް ނޫން ކަމަށާއި އެއީ އެތަންތަނަށް ގޮސް ކުރާ ހަނގުރާމަތަކުގައި ރައްޔިތުން ބައިވެރިވުން ހުއްޓުވުން ކަމަށެވެ..

އެމަނިކުފާނު ވިދާޅުވީ އެ އެތަންތަނަކަށް ގޮސް ކުރާ ހަނގުރާމަތަކުގައި ރައްޔިތުން ބައިވެރިވެ ނުދިނުމަށްޓަކާ ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމަށާއި އަދި އެކަމަށް ހިތްވަރުދީ ބާރުދޭ ފަރާތްތަކުންވެސް ހޯދާނެކަމަށެވެ.

ރާއްޖެއިން ސިރިއާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުކުރަމުންދާއިރު އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ސަރުކާރުން ބުނެފައިވަނީ އެމީހުން ރާއްޖެއަށް ގެނެސް އަނބުރާ މުޖުތަމައު ނެރުމުގެ ކުރިން އެމީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި ސީރިޔާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ދެ ގައުމަކާއި ގުޅިގެން ކުރިއަށް ގެންދާއިރު އެމީހުން އެނބުރި އައިސް މުޖުތަމައުއަށް ދޫކޮށްލުމަކީ ރަނގަޅުގޮތަކަށް ނުވާތީއާއި އެހެންގައުމުތަކުގެ ވެސް ލަފާގެ މަތިން އެމީހުންނަށް ބޭނުންވާ ފަރުވާދީ މުޖުތަމައުއަށް ނެރުމުގެ ކުރިން އެމީހުން އަހުލުވެރިކުރަން ބައިތިއްބާނެ ތަނެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355