twitterviber whatsapp telegramfacebookyoutube instagram
18th November 2019

ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗުގެ އާ އިމާރާތެއް އަޅަނީ

އަބްދުލް ވާހިދު ޙަސަން
Oct 19, 2019
2

ކުޅުދުއްފުށީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އާ އިމާރާތް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ. އާ އިމާރާތް ހަދަން ނިންމާފައިވަނީ މިހާރުވެސް ބީއެމްއެލްގެ އިމާރާތް ހުންނަ ބިމުގައި އެވެ.

މިމަހު 16 ވަަނަ ދުވަހު ބީއެމްއެލްއިން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 21 ވާ ހޯމަދުވަހު މެންދުރުފަހުން 14:00 ޖަހާއިރު ބޭންކް އޮފް މޯލްޑިވްސްގެ ސިޓްރެކްސް ބިލްޑިންގެ 4 ވަނަ ފަންގިފިލައަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށެވެ.

މައުލޫމާތު ދިނުމުގެ ޝެޝަންގައި ބައިވެރިވެވޭނީ 20 އޮކްޓޯބަރުގެ 14:00 ގެ ކުރިން އެ ސެޝަންގައި ބައިވެރިވާނެ ކަން ބޭންކަށް ލިޔުމަކުން ނުވަތަ މެއިލުން އަންގާ ފަރާތްތަކަށެވެ. މެއިލް ކުރައްވާނީ [email protected] އެޑްރެސްއަށެވެ.

އެގޮތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު އަދި ކާޑުގެ ކޮޕީއެއް، ކުންފުންޏެއްނަމަ ކުންފުނީގެ ފަރާތުން ތަމްސީލް ކުރައްވާ ފަރާތުގެ މައުލޫމާތު އެނގޭނެ ސިޓީއެއް ހުށައެޅުމަށް އެދިފައިވެއެވެ.

21 ވަނަ ދުވަހު ބާއްވާ މައުލޫމާތު ސާފު ކުރުމުގެ ޕްރޮގްރާމަށް ވަޑަގެންނެވި ބޭފުޅުން އިތުރަސް މައުލޫމާތު ސަފުކުރަން ބޭނުންވާނަމަ 23 އޮކްޓޯބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] މި މެއިލް އެޑްރެހަށް ސާފުކުރަން ބޭނުންވާ މައުލޫމާތު ތަފްސީލް ފޮނުވުމުން 24 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހު 16:00 ގެ ކުރިން މެއިލްތަކުގެ ޖަވާބު ލިބިގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބިޑް ހުށައެޅުން އޮންނާނީ 30 އޮކްޓޯބަރު ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން 31 އޮކްޓޯބަރު މެންދުރުފަހު 14:00 އޮންނަ އިރު ބިޑް ހުށައެޅުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގެންނެވޭނީ މައުލޫމާތު ސާފު ކުރުމުގެ ސެސަންގައި ބައިވެރިވި ފަރާތްތަކަަށެވެ.

އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ބޭންކް އޮފް މޯލްޑިވްސްގެ ސިޓްރެކްސް ބިލްޑިންގެ 4 ވަނަ ފަންގިފިލާގެ ޕްރޮކިއުމެންޓް މީޓިން ރޫމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355