twitterviber whatsapp telegramfacebookyoutube instagram
29th February 2020

ރަންބީރާއި އާލިޔާ ލަންޑަނުގައި

ޚަދީޖާ އާދަމް
Oct 24, 2019

ރަންބީރާއި އާލިޔާގެ ގުޅުމަކީ މިިހާރު ސިއްރު ގުޅުމެއްނޫނެވެ. ދެ އާއިލާގެ އިވެންޓުތަކުގައި މި ދެ ތަރިން ފެނުމަކީ އާންމުކަމެކެވެ.

މި ވަގުތު ދެތަރިން ދަނީ ލަންޑަނުގައި ޗުއްޓީ ހޭދަކުރަމުންނެވެ. ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ވެސް ދަނީ ހިއްސާކުރަމުންނެވެ. ދެ ތަރިންގެ ވަރަށް އަވަހަށް ކައިވެނީގެ ކުރާނެ ކަމުގެ އަޑުތައް ފެތުރިފައިވެފައިވާއިރު އެމީހުންގެ ކައިވެނީގެ ކާޑުކަމަށް ބުނެ ކާޑެއްވެސް ވަނީ ވައިރަލްވެފައެވެ.

ނަމަވެސް މިއީ ފޭކް ކާޑެއްކަން އާލިޔާ ވަނީ ކަށަވަރުކޮށްދީފައެވެ. ކައިވެންޏާ ބެހޭގޮތުން އާއިލާއެއްވެސް އެއްޗެއް މީޑިޔާގައި މިހާތަނަށް ބުނެފައިނުވާ އިރު ރަންބީރު ވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެކަމަށް ބުނެފައެވެ.

ދެ ތަރިންގެ ބިޒީ ދުވަސްތަކަކަށްފަހު ޗުއްޓީ ހޭދަކުރަމުންދާއިރު ރަންބީރު އަދި އާލިޔާއެކުގައި ފެނިގެންދާ ފުރަަތަމަ ފިލްމު ބްރަމަސްތުރަ އަންނަ ޑިސެމްބަރު މަހު 25 ގައި ރިލީޒް ކުރެވިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355