twitterviber whatsapp telegramfacebookyoutube instagram
18th November 2019

ޒިގްޒެގް އޮފީސް ކަޕް: ފުރަތަމަ މެޗުތައް ދިރާގު، ކޭޕީއެލް އަދި ކޭއާރުއެޗް ކާމިޔާބުކޮށްފި

އަބްދުލް ވާހިދު ޙަސަން
Oct 26, 2019

ފޯރިގަދަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި އެވެ. މި މުބާރާތުގެ މެޗުތައް ފަށާފައިވާ ރޭ އެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާރފް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ރޭ ކުޅެން ތާވަލްކޮށްފައި އޮތީ ހަތަރު މެޗެވެ. އެކަމަކު އެންމެ ފަހުން ކުޅެން އޮތް، އަފީފުއްދީން އާއި ކައުންސިލް ބައްދަލުކުރަން އޮތް މެޗު ވިއްސާރަވުމުގެ ސަބަބުން މިއަދު ހަވީރަށް ވަނީ ފަސްކޮށްފަ އެވެ.

މުބާރާތް ފެށުމުގެ ގޮތުން ރޭ ފުރަތަމަ ބައްދަލުކުރީ އެސްޓީއޯ އާއި ކޭއާރުއެޗުގެ ޓީމެވެ. މި މެޗުން 2-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޭއާރުއެޗެވެ. އަސްލަމް މުހައްމަދު ކޭއާރުއެޗަށް ދެ ލަނޑު ޖަހާދީފައިވާއިރު އަހުމަދު އާދަމް އާއި އަހުމަދު އާދަމް(ޒަރޭ) ވަނީ ގޯލް ކާމިޔާބުކޮށްދީފަ އެވެ.

އެސްޓީއޯއަށް ދެ ގޯލް ކާމިޔާބުކޮށްދިނީ އިބުރާހިމް އާސިފް އަދި ހަސަން މުހަންމަދެވެ.

ރޭ ބައްދަލުކުރި ދެވަނަ މެޗުގައި އެއާޕޯޓް ޓީމު އަތުން ކޭޕީއެލް ވަނީ ފަސޭހަ މޮޅެއް ހޯދާފަ އެވެ. އެގޮތުން އެއާޕޯޓް ކޮޅަށް 8 ގޯލް ޖަހާފައިވާއިރު އެއާޕޯޓް ޓީމަށް އެއްވެސް ޕޮއިންޓެއް ހޯދިފައިނުވެ އެވެ.

އެއާޕޯޓް ޓީމުގެ މުރުތޮލާ ހުސެއިން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފަ އެވެ. ކޭޕީއެލްގެ ސިނާން އިބުރާހިމްގެ ހެޓްރިކެއް ފެނިގެންދިޔަ މި މެޗުގައި އިތުރު ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ ހަސަން މުހައްމަދު، ހުސެއިން ވާފިރު އަދި އަންވަރު އާދަމެވެ. ހުސެއިން ވާފިރު ވަނީ ދެ ގޯލް ޖަހާދީފަ އެވެ.

ދިރާގާއި އުރީދޫގެ ކުރިމަތިލުމަށް ބަލާއިރު އެ މެޗުން ފޯރިގަދަ ކުޅުމެެއް ފެނިގެންގޮސްފައިވެ އެވެ. 2-6 ލަނޑުގެ ތަފާތަކުން އެ މެޗު ގެންދިޔައީ ދިރާގެވެ. ފުޓްސަލް ކިންގްގެ ގޮތުގައި މަޝްހޫރުވެފައިވާ އަލީ ހާފިޒްގެ ހުނަރު ފެނިގެން ދިޔަ މި މެޗުގައި އޭނާވަނީ ހެޓްރިކް ހަދާފަ އެވެ. އަދި ހަމަ އެ ޓީމުގެ ސިނާން އިބުރާހިމްވެސް ވަނީ ހެޓްރިކް ހަދާފަ އެވެ.

އުރީދޫ ޓީމުގެ މުހައްމަދު އަނަސްއަށް މި މެޗުގައި ވަނީ ރީނދޫ ކާޑެއް ދައްކާފަ އެވެ. އެ ޓީމަށް ދެ ގޯލް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ރިސްފާން އާއި އަހުމަދު ނައީމެވެ.

މުބާރާތުގައި މިރޭވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. ފުރަތަމަ ބައްދަލުކުރާނީ ޕޮލިހާއި ފަޔަރ އެވެ. ކަސްޓަމްސް އާއި ޖަލާލުއްދީން ސްކޫލް ބައްދަލުކުރާއިރު ޕަބުލިކް ވޯކްސް އާއި އޭއީސީގެ ޓީމް ބައްދަލުކުރާނެ އެވެ. މިރޭ އެންމެ ފަހު މެޗުގެ ގޮތުގައި ބައްދަލުކުރާނީ އައިބީއެމް އާއި ކޯޓް ޓީމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355