twitterviber whatsapp telegramfacebookyoutube instagram
18th November 2019

އަވީގައި މަސައްކަތް ކުރާ މީހުންނަށް ފިނި ޔުނިފޯމްއެއް ދުބާއީގައި އުފައްދައިފި

ނަބީލާ އިސްމާޢީލް
Oct 28, 2019

ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ 21 އަހަރުގެ ދަރިވަރެއް ކަމަށްވާ އަރީމް އަހުމަދު ކޮންސްޓްރަކްޝަން މަސައްކަތް ކުރާތަންތަނުގެ ކައިރިންދާއިރު އެމީހުން ގަދަ އަވީގައި މަސަކަތްކުރާތަން ފެނެއެވެ. އޭނާގެ އަބަދުވެސް އުންމީދަކީ އެމީހުންގެ އެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ.

އިންޖިނިއަރިން ކިޔަވާ މި ދަރިވަރު އެ މަސައްކަތްތެރިންނަށް ހޫނުކަން ކުޑަ ކުރުމަށް ޔުނިފޯމްއެއް ތައްޔާރު ކުރުމަށް ދެ އަހަރުގެ މުއްދަތެއްވަނީ ހޭދަކޮށްފައެވެ. އަދި މިހާރު މި ޔުނިފޯމްވަނީ އިންޓަނޭޝަނަލް ބިޒްނަސް ލީޑަރުންނާއި އިންވެސްޓަރުންނަށް ދައްކާލަން ތައްޔާރުވެފައެވެ.

އޭނާ ވަނީ ދާދި ފަހުން ޔޫއޭއީގެ ޕުރިންސްގެ އެހީގައި ބޭއްވުނު ޕިޗް އެން ޕުލޭސް ވިޔަފާރިވެރިންގެ އެކްސްޕޯގައި ބައިވެރިވެ އެވޯޑްވެސް ހާސިލްކޮށްފައެވެ. އަދި މިހާރު އޭނާގެ އުންމީދަކީ ޔޫއޭއީގައި ގަދަ ހޫނުގައި މަސައްކަތްކުރާ މަސަކަތްތެރިންގެ މަސައްކަތުގެ މާހައުލަށް މި ޔުނިފޯމް ނެރެ، އޭގެ ސަބަބުން މީހުންނަށް ލުޔެއް ލިބުމެވެ.

އަރީމް ބުނާގޮތުގައި މުޖުތަމައުގައި ހުންނަ މިކަހަލަ މައްސަލަތަކަށް ހައްލު ހޯދައިދީ ލޭބަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމަކީ އޭނާފަދަ އިންޖިނިއަރުންގެ ޒިންމާ އެކެވެ. އަދި އެ ލޭބަރުން ލައްވާ މަސައްކަތްކުރުވާ މީހުން ލޭބަރުންގެ ސިއްހަތަށް ޒިންމާވާން ޖެހޭނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ޔޫއޭއީ އަށް މުހިންމު ކަމެއްނޫން ކަމަށާއި އެހެން ގައުމުތަކަށްވެސް މިއީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.

މި ސޫޓްގައި މަސައްކަތްތެރިންގެ ހަށިގަނޑުގެ ހޫނުމިން ދެނެގަނެވޭނެ ސްމާޓް ސިސްޓަމް އެއް ގާއިމްކުރެވިފައި ވުމުން ހަށިގަނޑުގެ ހޫނުމިން 38 ޑިގްރީއަށް މަަތިވެއްޖެ ނަމަ އެލާޓް ވާނެކަމަށެވެ. އަދި ފިނިކުރަން ފަށާނެ އެވެ.

އޭނާ ދެކޭގޮތުގައި ހޫނު މޫސުން ތަކުގައި މަސައްކަތްތެރިންނަށް ދިގު ބުރޭކެއް ލިބޭގޮތް ހަދަން ޖެހޭކަމަށެވެ.

އަރީމް މިހާރު ތައްޔާރުވަމުންދަނީ އަންނަ މަހު ބަހުރެއިންގައި މި ޕްރޮޖެކްޓް ދައްކާލުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355