twitterviber whatsapp telegramfacebookyoutube instagram
18th November 2019

އެއާޕޯޓް ރެސްޓޯރަންޓް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދަނީ

އިބްރާހިމް ހަމީދު
Nov 6, 2019
1

ކުޅުދުއްފުށީ އެއާޕޯޓްގެ ރެސްޓޯރަންޓް ހެދުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އެމަސައްކަތް ހަވާލުކޮށްފައިވާ ކުޅުދުއްފުށީ ކަލެކްޓިންގ ކޮމްޕެނީން ބުނެފި އެވެ.

ކަލެކްޓިންގ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޝަމްއޫން ވިދާޅުވީ، އެއާޕޯޓް ރެސްޓޯރެންޓް ހެދުމަށް އެގްރީމެންޓްގައި ރީޖަނަލް އެއާޕޯޓާއއެކު ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހު ފަހުކޮޅު ކަމަށެވެ. އަދި އޮކްޓޯބަރުމަހު 22 ވަނަ ދުވަހު ރެސްޓޯރެންޓް ހެދުމުގެ އަމަލީ އެމަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ޕްރޮޖެކްޓުން އަދި ނިމިފައިވަނީ ފަސް ޕަސެންޓްގެ މަސައްކަތް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ އެއްބަސްވުމާ އެއްގޮތަށް އެމަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށް." މެނޭޖިންގ ޑިރެކްޓަރ ޝަމްއޫން ވިދާޅުވި އެވެ.

150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކަލެކްޓިން ކޮމްޕެނީއާ މި މަޝްރޫއު ހަވާލުކުރެވިފައިވަނީ 1،927،910،90 ރުފިޔާއަށެވެ.

މި ރެސްޓޯރަންޓް ހެދިގެންދާއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބުލިކް ފާހާނާގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިފައިވާ ފާހާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ހާއްސަކުރެވިފައިވާ ބައެއް ހެދިގެންދާނެކަމަށް ރީޖަނަލް އެއާޕޯޓްސް މަޢުލޫމާތު ދެއެވެ.

ކުޅުދުއްފުށި އެއާޕޯޓަކީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއެކު މިހާރު ކޮންމެ ދުވަހަކު ހިދުމަތް ދެމުންދާ ޑޮމެސްޓިކް އެއާޕޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355