twitterviber whatsapp telegramfacebookyoutube instagram
29th February 2020

ތިލަދުންމަތީ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ނައިބް ރައީސް ފައްޓަވައިފި

ޚަދީޖާ އާދަމް
Nov 23, 2019
2

ނައިބް ރައީސް ފައިސަލް ނަސީމް އުތުރުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

މި ދަތުރުފުޅުގައި ހއ ގެ ދެރަށަކަށާއި ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ހއ އަތޮޅުން ވަޑައިގަންނަވާނީ ދިއްދޫއަށާއި މޮޅަދޫއަށެވެ.

އެގޮތުން އެމަނުކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ކުރިޔަށް ގެންދާ ހިތާނީ ކޭމްޕް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެެވެ. މީ ކޭމްޕް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލާވެސް ނައިބު ރައީސް ބައްދަލުކުުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން އެ އެރަށުގައި އޮންނަ ތިލައުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި އަދި ދިއްދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މޮޅަދޫއަށް ވަޑައިގެން އެ ރަަށު ބަނދަރުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވާ އެރަށުގައި ގާއިމުކުރާ ފުޓުސަލް ދަނޑާއި ކުޑަކުދިންގެ ޕާކުގެ ބިންގާ އަޅުއްވާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355