twitterviber whatsapp telegramfacebookyoutube instagram
6th December 2019

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމް ޓްރެއިނިން ކޭމްޕަށް ޗައިނާއަށް

ނަބީލާ އިސްމާޢީލް
Nov 23, 2019

އަންނަ މަހު ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ކޭމްޕްކުރުމަށް ޗައިނާއަށް ހިނގައްޖެއެވެ.

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޗައިނާގައި މި ކުރާ ކޭމްޕަށްފަހު ގޭމްސްއަށް ނޭޕާލްއަށް ދާނީ ސީދާ ޗައިނާއިންނެއެވެ. މި ޓީމު ވަނީ މި މަހުގެ 1 އިން 10 އަށް ތައިލެންޑްގައިވެސް ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ ނޭޕާލްގެ މޫސުމަށް ހޭނުމަށް ޗައިނާގައި ކުރާ ކޭމްޕަކީ ވަރަށް މުހިއްމު ކޭމްޕްކަށް ވެގެންދާނެކަމަށެވެ. އަދި ގޭމްސްގެ ކުރިން ނޭޕާލްގެ މޫސުމަށް ހޭނުމަށް މި ޓްރެއިނިންގ ކޭމްޕްގެ ސަބަބުން ކުޅުންތެރިންނަށް ފަސޭހަވެގެންދާނެކަމަށްވެސް ސުޕުން ބުންޏެވެ. ސުޕުން ބުނީ މި ޓްރެއިނިންގ ކޭމްޕްގައި ޗައިނާގައި 3 މެޗު ކުޅުމަށް ހަމަޖެހިފައިވާކަމަށެއެވެ.

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއެކު ގައުމީ ފިިރިހެން ބާސްކެޓްބޯޅަ ޓީމުވެސް ޗައިނާގައި ކޭމްޕްކުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށާއި ފިރިހެން ބާސްކެޓްބޯޅަ ޓީމު މިިދިޔަ މަހު ސިންގަޕޫރުގައިވެސް ކޭމްޕްކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355